ތިބާއަށް ގެއިން ބޭރަށް ނުކުމެ އުޅުމުގެ ފުރުޞަތު ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ އަޢުރަ ނިވާކޮށްގެން ބޭރަށް ނުކުމެ އުޅުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ތިބާއަށް ގެއިން ބޭރަށް ނުކުމެ އުޅުމުގެ ފުރުޞަތު ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ އަޢުރަ ނިވާކޮށްގެން ބޭރަށް ނުކުމެ އުޅުމެވެ!

އަހުރެމެންނަށް އަހުރެމެންނަކީ ކިތަންމެ ބާރުގަދަ ބައަކު ކަމުގައި ހީވިނަމަވެސް ކޮންމެ ކަމެއްވެސް ކުރެވެނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ދިރިއުޅޭ ގެއިން ބޭރަށް ނުކުމެވެނީވެސް މިންވަރުކުރެއްވެވުމުންނެވެ.

މިކަން އެނގިގެންދަނީ ގެއިން ނުނުކުމެވި ތިބެންޖެހޭ އެތައް ބައަކަށް އަބަދުވެސް ގޭގައި ތިބެންޖެހޭތީއެވެ. މީހެއްގެ އެހީތެރިކަމާއި ނުލައި ގެއިން ބޭރަށް ނުނުކުމެވޭތީއެވެ. އެހެންކަމާއިއެކު މި ގެނެސްދެނީ ގެއިން ﷲ ތަޢާލާއަށް ޝުކުރުވެރިވެ އެކަލާނގެ އަންގަވާފައިވާ ފަދައިން އަޢުރަ ނިވާކޮށްގެން ނުކުމެ އުޅުމުގެ މުހިންމު ކަމާއިމެދު ލިޔެވިފައިވާ ވަރަށް މުހިންމު ލިޔުމެކެވެ!

އަޢުރަ ކަނޑައެޅުއްވެވީ ﷲ އެވެ! ބަދަލެއް ނުގެނެވޭނެއެވެ!

އަޢުރަ ކަމަށް ކިޔަނީ ހުއްދަ ނޫން މީހުންނަށް ނުދައްކައި ފޮރުވަން ޖެހޭ ހަށިގަނޑުގެ ބައިތަކަށެވެ. އަޢުރަ ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ބަޔާން ކުރައްވަވައިފައެވެ. ވީމާ އެއީ އެއްވެސް މީހަކަށް އިތުރު އެއްވެސް ގޮތެއް ނިންމޭނެ ކަމެއް ނޫނެވެ. އަހަރެންގެ ކުރިމަތީގައި ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ ކަމަކަށް ޖަދަލުކުރުމަކީ ކީރިތި ޤްރުއާނަށް ޖަދަލުކުރުމެވެ. އެއީ ހަމަ އެއްވެސް އިންސާނަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ.

ނޫރު ސޫރަތުގެ 30 ވަނަ އާޔަތް ކިޔާށެވެ!

"އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖު ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް

ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ އަޢުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ. (31)

ޙިޖާބް އެޅުމުގެ ވާހަކަ ދައްކައިފިނަމަ އެއީ ބިރުވެރި ކަމަކަށް އެބަ ހަދައެވެ. ބުރުގާ އެޅުމުގެ ވާހަކަ ދައްކައިފިނަމަ ކޮންމެހެން އަޅަން ނުޖެހޭ ކަމަށް ބުނެފާނެއެވެ. މައްސަލައެއް ނެތެވެ. ހިޖާބަ ވެސް އަޅާނެ ކަމެއް ނެތެވެ. އަދި ބުރުގާވެސް އަޅާނެ ކަމެއް ނެތެވެ. ނަމަވެސް މިއާޔަތުގައި ފޮރުވަން އަނގަވާފައިވާ ސަރަހައްދު ފޮރުވަން ނުޖެހޭނެ ކަމަކަށް ނުބުނެވޭނެއެވެ. ކޮންމެ އެއްޗެއް އަޅައިގެން ނަމަވެސް ނިވާކުރަން ޖެހޭ ބައި ނިވާކުރުމުން މައްސަލަ ހައްލުކުރެވުނީއެވެ. ނިވާ ނުކުރާނަމަ އެހުރީ ﷲ ތަޢާލާ އަނގަވާފައި ފަދައިން ފޭރާން ލައިގެނެއް ނޫނެވެ.

"މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖު ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ!" އޮތުމުން މިއީ އެއްވެސް ޙާލެއްގައި އިޚްތިޔާރީ ކަމެއް ކަމަކަށް ނުބުނެވޭނެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން