ﷲ އަނބުރާ ގެންދެވި ކޮންމެ ނިޢުމަތެއްވެސް ތިބާއަށް އަނބުރާ ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ﷲ އަނބުރާ ގެންދެވި ކޮންމެ ނިޢުމަތެއްވެސް ތިބާއަށް އަނބުރާ ދެއްވަވާނެ!: މުފްތީ މެންކް

ތިބާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެއްވެސް ނިޢުމަތެއް އަނބުރާ ގެންދަވައިފިނަމަ ހިތާމަނުކުރާށެވެ! އެއީ ޞިއްހަތު ކަމަށްވީނަމަވެސް، މާލީ ތަނަވަސްކަން ކަމުގައިވީނަމަވެސް އަދި ތިބާ ލޯބިވާ މީހަކު ދުނިޔެއާއި ވަކިވާންޖެހުން ކަމުގައިވީނަމަވެސް މެއެވެ. 

ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. ދާއިމަށް ދެމިތިބޭނެ ތަނަކީ އާޚިރަތުގައެވެ. މަރުވި ތިބާ އެބައަކު ދެކެ ލޯބިވާ އެންމެންނާއި ތިބާއާއި ބައްދަލުކުރެވޭނެއެވެ. ސުވަރުގޭގައެވެ. އެހެންވީމާ އަހުރެމެންނަށް ކުރަން އޮތް ކަމަކީ ހިތްދަތިޙާލަތެއް ކުރިމަތިކުރެއްވެވުމުން ކެތްތެރިވެލައި ތަޤްވާވެރިކަން އިތުރުކުރުމެވެ. 

އަހުރެމެން ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް އަހުރެމެން ލޯބިވާ އެންމެން އަބަދަކު ދުނިޔެއަކު ނުތިބޭނެއެވެ. އެމީހެއްގެ އަޖަލު ހަމަވުމުން އެމީހަކު މަރުވާނެއެވެ. އެކަމަށް ދެރަވެ ކިތަންމެ ބޮޑަށް ހިތާމަ ކުރިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދަވައިފި އެއްވެސް ފުރާނައަކަށް އެނބުރި ދުނިޔެއަކަށް ނައުދެވޭނެތެވެ. 

މިނަޞޭޙަތްކޮޅު ގިނަގިނައިން ދޭންޖެހޭ ސަބަބަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އަނބުރައި ގެންދެވުމުން ލިބޭ މާޔޫސްކަމުގައި ގިނަ ބައަކު މަގުންކައްސާލައިގެންދާތީއެވެ. ބޮޑެތި ގޯސްތައް ހެދި އާޚިރަތް ގެއްލޭނެ ގޮތަށް ކަންކަން ކުރެވޭތީއެވެ. 

މިކަންކަމަށް ކަންބޮޑުނުވާން މިބުނަނީ މިބަޔާންކުރިމަގުން ކަންކަން ކުރިމަތިކުރައްވަވައި މީސްތަކުން އިމްތިޙާނުކުރައްވަވާނެ ކަމަށް ވަޙީބަސްފުޅުގައި އޮތުމުންނެވެ. އެހެންވީމާ އެކަންކަމަށް ކިތަންމެ ވަރަކަށް ދެރަވެ މާޔޫސްވިނަމަވެސް ލިބޭނެ އުފަލެއް ނެތެވެ. އުފާލިބެން އޮތީ ހަމަ އާޚިރަތް ހޯދަން މަސައްކަތްކުރިވަރަކުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން