ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް އުފަލުގަ ހުރެވޭނެ ވިސްނުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް އުފަލުގަ ހުރެވޭނެ ވިސްނުން-: މުފްތީ މެންކް

މިޘާލެއް ބުނެލާނަމެވެ! ތިބާއަށް ވިސްނޭ ގޮތުގައި މިއަދު ތިބާއަސް ވަނީ ވަރަށް ދަތި އުނދަގޫ ޙާލަތެއް ކުރިމަތިވެފައެވެ. އެހެންވެ ތިބާއަށް ވިސްނެނީ މިހުރެވެނީ ހަތަރު އުދަރެސް ފެނުޖެހިފައި ކަމަށެވެ. ސަލާމަތްވެވޭނެ ގޮތެއްވެސް ނެތް ކަމަށެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ ތިބާއަށް މިއަދު ކުރިމަތިވެފައިވާ ދަތި އުނދަގޫ ޙާލަތު، ނުވަތަ ލިބިފައިވާ ހިތްދަތިކަން ރަނގަޅަށް އެނގިތިބެ އެހާލަތު ބޭނުންވާނެ އެތައް މިލިއަން ބައަކު ދުނިޔޭގައި ތިބޭނެއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އެމީހުންނަށް ދިރިއުޅެން ޖެހިފައިވާ ތިބާއަށްވުރެ މާދަތިކަންބޮޑު މާ ހިތްދަތިކަން ބޮޑު ޙާލަތުގައިކަމަށްވާތީއެވެ. އެމީހުންނަށް ކުރިމަތިވެފައިވާ ޙާލަތު މާބޮޑަށްވެސް ގޯސްކަމުންނވެ. 

ވީމާ ޙާލަތެއް ކުރިމަތިވާއިރަށް ތިމާއަށް ކުރިމަތިވެފައި މިވަނީ އެންމެ ހިތްދަތި ޙާލަތު ކަމަށް ނުދެކޭށެވެ. ތިބާއަށްވުރެ މާ ހިތްދަތި ޙާލަތުގައި އެތައް މިލިއަން ބައަކު އެދަނީ ދިރިއުޅެމުންނެވެ. އެއިގެ ބަދަލުގައި ވިސްނާށެވެ! ތިމާއަށް ކުރިމަތިވެފައިވާ ޙާލަތަށްވުރެ މާހިތްދަތި ޙާލަތުގައި އެތައް މިލިއަން ބައަކު ހިތްހަމަޖެހިގެން ތިބެ، ޝުކުރުވެރިވެގެން ތިބެ އުޅެމުން އަންނައިރު ތިމާއަށް އުފަލުގައި ނުހުރެވެންވީ ކީއްވެގެންހެއްޔެވެ؟ 

މިސުވާލުގެ ޖަވާބު އަމިއްލައަށް ދޭށެވެ! ހިތްވަރާއިއެކު ދިރިއުޅެން މަސައްކަތްކުރާށެވެ! އުފާވެރިކަމުގައި ދިރިއުޅެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން