ބަރަހަނާ ވީޑިއޯ ބެލުމުން ދެމަފިރިންގެ ދިރިއުޅުމަށް ލިބޭ ގެއްލުން މާބޮޑު! އެއީ މާޔޫސްކުރުވައި ދެމަފިރިން ދުރުކުރުވާ ކަމެއް!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބަރަހަނާ ވީޑިއޯ ބެލުމުން ދެމަފިރިންގެ ދިރިއުޅުމަށް ލިބޭ ގެއްލުން މާބޮޑު! އެއީ މާޔޫސްކުރުވައި ދެމަފިރިން ދުރުކުރުވާ ކަމެއް!: ދިރާސާ

ފާޙިޝް ޢަމަލުތައް ކުރާ ވީޑިއޯ ބެލުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. ދެމަފިރިން އެކުގައި ތިބެގެންވެސް ބަލަނީއެވެ. އަނެކާއަށް ސިއްރުން ވަކިން ހުރެގެންވެސް ބަލަނީއެވެ. ދީނީ ގޮތުން އެއީ ކުރުން ޙަރާމް ކަމެއްގެ އިތުރުން އެކަމުން ތިމާމެންގެ ދިރިއުޅުމަށް ލިބޭ ގެއްލުންތަކާއިމެދު ވިސްނައިލެވޭ މީހުންވެސް ދަނީ މަދުވަމުންނެވެ.

ހޯދުންތަކުން އެނގޭ ގޮތުގައި އެބާވަތުގެ ވީޑިއޯ ބަލާ މީހުންނަށް ޑާދި އަވަހަށް މާޔޫސް ދިރިއުޅުމަކާއި ކުރިމަތިލާންޖެހެއެވެ. އެއް ސަބަބަކީ ވީޑިއޯތަކުން ފެންނަ މިންވަރަށް ބައިވެރިޔާގެ ކިބައިން އުފާ ނުލިބުމެވެ. އެހިނދު ބައިވެރިޔާގެ މަތިން ފޫހިވެވެން ފަށައެވެ. އެފޫހިކަން އިތުރުވަމުން ގޮސް ބައިވެރިޔާ ކަމުނުދާ ހިސާބަށް ކަންކަންދެއެވެ. ދެމީހުން ވަކިވެސްވެއެވެ. 

އެއިރު އުންމީދުކުރެވިފައި އޮންނަނީ އެހެން ބައިވެރިއަކު ހޯދުމުން އެއުފާތައް ލިބޭނެ ކަމަށެވެ. ނަމަވެސް އެކަންވެސް އެގޮތަކަށް މެދުވެރިއެއް ނުވެއެވެ. އެކަމުގެ ސަބަބަކަށްވަނީ އެބާވަތުގެ ވީޑިއޯތައް އުފައްދަނީ މުޅިން ތަފާތު ގޮތަކަށް ކަމަށްވުމެވެ. އެބާވަތުގެ ވީޑިއޯތަކުން އެފެންނަނީ ޙަޤީޤަތެއް ނޫނެވެ. އެޑިޓްކޮށްފައި ހުންނަލެއް މޮޅުކަމުން ގިނަ ބައަކަށް ފާހަގަނުކުރެވުނު ނަމަވެސް އެވީޑިއޯތައް އުފައްދަނީ އުނިބައިތައް ދޫކޮށްލައި ވަރަށް ބޮޑަށް އެޑިޓްކޮށްގެންނެވެ. ވީމާ ވީޑިއޯތަކުން އެފެންނަ ގޮތަށް ދެމަފިރިން އެއްދާން ކުރުމުގެ ކަންކަން ކުރިއަކަށް ނުގެންދެވޭނެއެވެ. 

އެކުވެރިންނޭވެ! އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ ކަމެއްކޮށްގެން ހޯދޭނެ ޙަޤީޤީ އެއްވެސް އުފަލެއް ނުވެއެވެ. ކުރިވަރަކަށް ލިބެމުންދާނީ އަނިޔާއެވެ. ގެއްލުމެވެ. ވީމާ އެބާވަތުގެ ވީޑިއޯ ނުބަލާށެވެ. ފާފަވެރިވުމުގެ އިތުރުން ދެމަފިރިންގެ ދިރިއުޅުމަށްވެސް ލިބެމުންދާނީ ބޮޑެތި ގެއްލުންތަކެވެ. 

- އަލަފް

މިއަދު އޮންލައިން