ކޮންމެ ފަދަ ނުތަނަވަސްކަމެއް ލިބުނަސް މިފަދައިން ދުޢާކުރާށެވެ! ސަބަބުވެސް މިބުނަނީއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކޮންމެ ފަދަ ނުތަނަވަސްކަމެއް ލިބުނަސް މިފަދައިން ދުޢާކުރާށެވެ! ސަބަބުވެސް މިބުނަނީއެވެ!: މުފްތީ މެންކް

ބައެއް މީހުންނަސް ހިތްދަތިކަން ލިބެނީ ބައިވެރިޔާގެ ސަބަބުންނެވެ. އަނެއް ބައަކަށް ހިތްދަތިކަން ލިބެނީ މާލީ ދަތިތައް ކުރިމަތިވުމުންނެވެ. އަނެއް ބައަކަށް ހިތްދަތިކަން ލިބެނީ އެންމެ ގާތް އެކުވެރިންގެ ސަބަބުންނެވެ. އަނެއް ބައަކަށް ހިތްދަތިކަން ލިބެނީ އަމިއްލަ ޢާއިލާގެ ސަބަބުންނެވެ. މިފަދަ ތަފާތު އެތައް ސަބަބުތަކެއް ކުރިމަތިވުމުންނެވެ. 

ބުނަންހެއްޔެވެ؟ މިފަދަ އެއްވެސް ޙާލަތަކާއި ގުޅިގެން އަދި މިނޫންވެސް ޙާލަތަކާއި ގުޅިގެން ކަންބޮޑުވާންޖެހިއްޖެނަމަ ﷲ ތަޢާލާގެ ޙަމްރަތުގައި ދަންނަވާށެވެ! "ޔާ ﷲ! މިއަލާގެ ފާފަތައް ފުއްސވައި ދެއްވަވައިދެއްވަވާނދޭވެ! އަދި ހެޔޮލަފާ ރަނގަޅު އެކުވެރިން މިއަޅާއަށް ދެއްވަވާނދޭވެ! އަދި މިއަޅާގެ ހިތުގައި މިސްކިތްތަކަށް (އަޅުކަންކުރުމަށް) ލޯބި އިތުރުކުރައްވަވާނދޭވެ!" އާމީން 

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ މިސްކިތްތަކަށް ލޯބި ޖެހިއްޖެ މީހާ، ޤިޔާމަތް ދުވަހު ހޫނުގަދަވެ މީސްތަކުން އެމީހުނެގެ ގައިން އޮހޮރޭ ދައުތަކުގެ ތެރޭގައި ފަތަންޖެހިފައިވާނެ އިރު އެޙާލަތުން ސަލާމަތްކުރައްވަވާނެތީއެވެ. އެމީހެއްގެ ނަމުން ގޮވައިލައްވަވާނެތެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބިގަތުމަށް ﷲ ތަޢާލާ އެމީހަކަށް ދަޢުވަތު ދެއްވަވާނެތީއެވެ! ޢަރުޗީގެ ހިޔާވަހިކަން ލިބޭ މީހުންނަށް ސުވަރުގެ ދެއްވަވާނެތެވެ. ސުވަރުގެ ވައްދަވާނެތެވެ. ވީމާ އެއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ އެއަށްވުރެ ބޮޑު އުފަލެއް ލިބޭނީ ކާކަށް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން