އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރިމަތިވަނީ ކުއްލިއަކަށް ނޫނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރިމަތިވަނީ ކުއްލިއަކަށް ނޫނެވެ!: މުފްތީ މެންކް

އަހުރެން ހަމަ ވަރަށް ކުޑަކުޑަ ނަޞޭޙަތުގެ ބަސްކޮޅެއް ބުނެލާނަމެވެ. 

އެއްވެސް ކަމެއް މިއަދު ގޯސްވެގެން ކަންބޮޑުނުވާށެވެ! ޙާލަތު މާދަމާވެސް ބަދަލުކުރައްވަވައިފާނެތެވެ. ހަމަ އެފަދައިން މިއަދު ހުރިހާ ކަންކަން ރަނގަޅަށް ހުރެފައި މާދަމާ ކޮންމެވެސް ކަމެއް ގޯސްވެސް ވެދާނެއެވެ. ކަންބޮޑުނުވާށެވެ. އެޙާލަތަށް ވވެސް ނިމުމެއް އަންނާނެއެވެ. 

މިވާގޮތަކީ އަހުރެމެންނަށް ކަމެއް ކުރިމަތިވުމުން އެއީ ކުރިމަތިވި ވަރަށް ބޮޑު ކަމެއް ކަމަށް ޤަބޫލުކުރެވެނީއެވެ. އެހެނަސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއީ އެއްވެސް ކަމެއް ނޫނެވެ. ކުރިމަތިކުރެއްވެވި ކުޑަކުޑަ އިމްތިޙާނެކެވެ. އިމްތިޙާނުތައް ކުރިމަތިކުރައްވަވަމުން ގެންދަވަނީ އެންމެ ކުރިންސުރެ ﷲ ތަޢާލާ ލައުޙުލްމަހްފޫޒްގައި ލިޔުއްވަވާފައިވާ ގޮތަށެވެ. ވީމާ އެއީ ހަމަހުރެފައި ކުއްލިއަކަށް ކުރިމަތިވާ ކަްނކަމެއް ނޫނެވެ. 

މިކަން މިގޮތަށް ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެން އުފަލުގައެވެ. ކަމެއް ކުރިމަތިވުމުން ހާސްވެ ކަންބޮޑުވެވެނީ މިކަންކަން މިގޮތަށް ޤަބޫލުކުރެވޭ މީހުންނަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ކަންކަމަށް ކަންބޮޑުވެވޭނަމަ އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރަން ހުރަސްތައް އެޅެމުންދާނެއެވެ. އެއިގެ ތެރޭގައި ކުރަންޖެހޭ އަޅުކަންވެސް ހިމެނެއެވެ. ވީމާ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެވެން އޮތީ ތިމާގެ ފިކުރު ހާސްކަމުން ސަލާމަތްކުރެވިފައި ހުރެގެންނެވެ.

މިފަދަ ވާހަކަތައް ގިނަގިނައިން ދައްކަން މިޖެހެނީ ކަމެއް ދިމާވުމުން ހާސްވެ ކަންބޮޑުވާ މީހުން ގިނަވެ އަޅުކަމާއި ދުރުހެލިވާ މީހުންވެސް ގިނަވާތީއެވެ. މިއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރަކަން އަބަދުވެސް ޤަބޫލުކުރާށެވެ! އަދި އެފަދަ މީހަކަށް ނުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. 

- މައްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން