ތިބާ ދިރިއުޅެނީ އުފަލުންކަން ސޯޝަލް މީޑިއާގަ ހާމަކުރާ ވަރަކަށް ޙަސަދަވެރިން ގިނަވެ ހިތްދަތިކަން ލިބުން ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިބާ ދިރިއުޅެނީ އުފަލުންކަން ސޯޝަލް މީޑިއާގަ ހާމަކުރާ ވަރަކަށް ޙަސަދަވެރިން ގިނަވެ ހިތްދަތިކަން ލިބުން ގާތްވާނެ!

ޒަވާޖީ ޙަޔާތެއް ފަށައިގަނެވުމުންވެސް އަދި ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ލިބޭނަމަވެސް އެކަން ސޯޝަލް މީޑިއާގައި ހާމަކުރަން ގިނަ ބައަކު އަވަސްވެގަނެއެވެ. އެއީ އެހެން މީހުންވެސް އެކަން ކުރާތީ ތިމާވެސް ދިރިއުޅެމުން އަނަންނީ އުފަލުގައިކަން އެންގުމަށެވެ. 

ނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އެފަދަ ކަންކަން ހާމަކުރެވޭ ކޮންމެ ފަހަރަކުވެސް ޙަސަދަވެރިވާނެ ބައަކު އުޅޭނެއެވެ. އެކަމުގެ އަސަރު ތިބާގެ ދިރިއުޅުމަށް ކުރާނެއެވެ. އެކިފަހަރު އެކި މިންވަރަށެވެ. އެކިފަހަރު އެކި ގޮތަކަށެވެ. 

ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމާއި ލޯބިވާ މިންވަރު އެއީ އެއްވެސް އިތުރު މީހަކަށް އަންގަން ޖެހޭނެ ކަންކަމެއް ނޫނެވެ. އެކަންކަން ޖެހޭނީ ސިއްރުކުރާށެވެ. ސިއްރު ނުކުރެވިއްޖެނަމަ ބޮޑެތި ހިތާމަތައް ކުރިމަތިވުން އޮންނާނީ ދާދި ގާތުގައެވެ. 

އެންމެ ކާމިޔާބު ދެމަފިރިންތަކަށް ބަލާށެވެ! އެމީހުންނަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހާމަކުރާ ބައެއް ނޫނެވެ. އަދި އެންމެ ކާމިޔާބު ދެމަފިރިންނަށް ވެވިފައިވަނީވެސް އެމީހުންގެ ޙަޔާތުގެ ކަންކަން ސިއްރުކުރާ ދެމަފިރިންނަށެވެ. 

ﷲ ތަޢާލާއަށް ކުރާ އަޅުކަމާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން އެއްގޮތަކަށްވެސް ހާމަނުކުރާށެވެ. ދުނިޔޭގައި ގިނައީ މައްސަލަތައް ޖެހި ހިތްދަތިކަމުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. އަދި ކައިވެނި ރޫޅިފައިވާ މީހުންވެސް އެހައި ގިނައެވެ. ވީމާ ގިނަވާނީ އެއީ ކިތަންމެ ބޮޑު ފާފައެއް ނަމަވެސް އެހެން ބައަކު އުފަލުގައި އުޅޭތަން ދެކެން ބޭނުން ނުވާ މީހުންކަން ދަންނަންވާނެއެވެ.

 

- އަލަފް

މިއަދު އޮންލައިން