ޢުމަރުގެފާނަށް އަބޫބަކުރުގެފާނު ދެއްވެވި އަގުހުރި ނަޞޭޙަތްފުޅުތަކުގެ ތެރެއިން މުހިންމު ނަޞޭޙަތްފުޅެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ޢުމަރުގެފާނަށް އަބޫބަކުރުގެފާނު ދެއްވެވި އަގުހުރި ނަޞޭޙަތްފުޅުތަކުގެ ތެރެއިން މުހިންމު ނަޞޭޙަތްފުޅެއް-!

މިއަދު ކޮންމެ މީހަކުވެސް މިއުޅެނީ ކުރަންހުންނަ މަސައްކަތްތައް ބުރަވެ، ގިނަވެގންނެވެ. ރެއަކާއި ދުވާލުގެ ތެރޭގައި އަދާކުރަންޖެހޭ 5 ނަމާދުވެސް އަދާނުކުރެވިގެންނެވެ. އެހެންކަމުން ވިސްނައިލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.  

"ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގަންނަވާށެވެ! އެކަލާނގެއަށްޓަކައި ރޭގަނޑު ކުރަންޖެހޭ ކަމެއް ދުވާލު ކުރުމަކުން ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. އަދި ދުވާލުކުރަންޖެހޭ ކަމެއް ޜޭގަނޑު ކުރުމަކުން ވެސް ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ.  

އަދި ފަރުޟު އަދާނުކޮށް ކުރާ ސުންނަތް އަޅުކަންވެސް ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. ޤިޔާމަތް ދުވަހު މީހާގެ ޢަމަލުތައް ކިރުއްވަވާއިއރު ހެޔޮކަމުގެ ކޮޅަށް ބުރަވެގެންދާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ކުރުމުންނެވެ. މިއަދުކުރާ ޢަމަލުތަކުގެ ޙަޤީޤީ ބުރަދަން އެނގިގެންދާނީ ޤިޔާމަތް ދުވަހު މީޒާނުގައި ކިރުއްވެވުމުންނެވެ.  

މީޒާނުގައި ޢަމަލުތައް ލުއިވެގެންދަނީ ދުނިޔޭގެ ދިރިއުޅުމުގައި ޙަޤީޤަތް ދޫކޮށްލައި ޝައިޠޯނާގެ މަގުގައި ކުރިއަށް ދެވުމުންނެވެ."  

މިނަޞޭޙަތްފުޅަށް ބަލައިފިނަމަ އެދުވަހަކު، އެރެއަކު ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އެކަމެއްގެ ވަގުތުގައި އަދާކުރުމުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރެވެއެވެ. ހަމަ އެއާއިއެކު ފުރަތަމަކަމެއްގެ ގޮތުން ފަރުޟުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދިއުމުގެ މުހިންމުކަންވެސް ފާހަގަކުރެވެއެވެ. 

އެބަސްފުޅުން އެނގިގެންދަނީ ފަރުޟުތައް އަދާނުކުރާމީހާ ކުރާ އެހެން ޢަމަލުތައް ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. އަދި  އެކަމަކީ ކިތަންމެ ރަނގަޅުކަމެއްކަމަށް އަމިއްލައަށް ޤަބޫލުކުރި ނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ އެކަލާނގެއަނަގްވާފައިވާ ޢަމަލުތައް އަންގަވާފައިވާ ގޮތަސް ކުރަމުން ގެންދިއުމުން ކަމެވެ.  

މިކަންކަމަކީ މިއަދު ކޮންމެ މުސްލިމަކުވެސް ވަރަށް ފުންކޮށް ވިސްނައި ސަމާލުކަންދީ، އިޞްލާޙްކުރަން ޖެހިފައިވާ ކަންކަންކަމުގައި ފާހަގަކުރެވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން