އެއްވެސް މީހަކު ނުވަތަ ބައަކު ތިބާއާއިމެދު ދެކޭ ގޮތާއިމެދު ކަންބޮޑުނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެއްވެސް މީހަކު ނުވަތަ ބައަކު ތިބާއާއިމެދު ދެކޭ ގޮތާއިމެދު ކަންބޮޑުނުވާށެވެ!

އެއްވެސް މީހަކު ނުވަތަ ބައަކު ތިބާ އާއިމެދު ދެކޭ ގޮތަކީ ތިބާ އާއި އެއްވެސް ގުޅުމެއް ހުރިކަމެއް ނޫނެވެ. އެއީ އެބައެއްގެ ކަމެކެވެ. ތިބާ ހަމައެކަނި ކަންބޮޑުވާންޖެހޭނީ ތިބާ އާއިމެދު ﷲ ތަޢާލާ ބައްލަވައިވޮޑިގަންންވާ ގޮތާއިމެދުގައެވެ. މިޘާލަކަށް ތިބާ އަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރި، ރުހިވޮޑިނުގަންނަވާ އަޅަކަށްވެދާނެ ކަމަށްޓަކައެވެ. 

ބުނަން ހެއްޔެވެ؟ ގިނަ ފަހަރު ތިބާއަސް ނަފްރަތުކުރާ ގިނަ މީހުންނަށް ތިބާ ނުވެސް އެނގޭނެއެވެ. މާނައަކީ ތިބާގެ ޙަޤީޤަތަކީ ކޮބައިކަމާއި ދިރިއުޅުން ހުންނަ ގޮތް ނުވެސް އެނގޭނެ ކަމެވެ. އަދި ތިބާގެ އަޚްލާޤްވެސް ނުއެނގޭނެ ކަމެވެ. އެމީހުން ނަފްރަތުކުރާނީ ކޮންމެވެސް މީހަކު ތިބާއާއިމެދު އެމީހުންގެ ގާތުގައި ޔޯލަކޮށްލާފައި ބުނި ކޮންމެވެސް ވާހަކައަކާއި ގުޅިގެންނެވެ. ވީމާ އެކަންކަމަކީ ތިބާއާއި އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ. 

އެކުވެރިންނޭވެ! ވިސްނައިލާށެވެ! ކޮންމެ މީހެއްގެ ވެސް އެންމެ ގާތް އެއްބައަކީ އެމީހެއްގެ އަވަށްޓެރިންނެވެ. އަވަށްޓެރިންނަށް ހެޔޮލޮށް ހިތުމަކީ ސުންނަތެކެވެ. އަވަށްޓެރިންނަށް ނުބައި ބަސްބުނެ ނުބައިކޮށް ކަންކަން ކުރުމަކީ ﷲ ތަޢާލާގެ ކޯފާ އެމީހަކަށް ޙައްޤުވެގެންދާ ކަމެކެވެ. ނަމަވެސް އެކަން އެގޮތަސް މިންވަރުކުރައްވަވަނީ އަވަށްޓެރިޔާ ތިބާއަކީ ނުބައި މީހަކު ކަމުގައި ދެންނެވީތީއެއް ނޫނެވެ. ތިބާ ނުބައިކަމެއް ކުރިނަމައެވެ.

ދެން ބަލައިލަންވީ މީސްތަކުންނާއިމެދުގައެވެ. ތިބާ ކަންކަން ކުރަމުން ގެންދަނީ ރަނގަޅަށް ކަމުގައިވާނަމަ އެމީހުން ތިބާއާއިމެދު ދެކޭ ގޮތަކުން ތިބާއަކަށް އެއްވެސް ގެއްލުމެއް ނެތެވެ. ތިބާ ޙައްޤު ގޮތުގައި ހުއްޓައި ތިބާއަށް ނަފްރަތުކުރާނަމަ އެކަމުގެ ސަބަބުން ތިބާއަށް ކުރާނީ ފައިދާއެވެ. އެކަމަށް ބަދަލުދޭން އެމީހުންނަށް ޖައްސަވާނެތީއެވެ. ވީމާ ތިބާއަށް އޮތީ ތިބާއާއިމެދު އެހެން މީހުން ދެކޭގޮތާއިމެދު ކަންބޮޑުވުމެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފަދައިން ތިބާ ޙައްޤު ގޮތުގައި ހުރުމެވެ. އެއިރުން ތިބާއަށް އެކަން އެނިމުނީއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން