ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރެވޭ މީހަކަށް ވުމަށް އެންމެ ފަސޭހަ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރެވޭ މީހަކަށް ވުމަށް އެންމެ ފަސޭހަ މަގު-

ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިންވެސް އަދި ކޮންމެ ފަދަ ޙާލަތެއް މެދުވެރިވިނަމަވެސް ފުރަތަމަކަމަކަށް ކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާގެމަތިން ހަނދުމަކުރުމެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅު ކުރައްވަވާނެތެވެ!

އެހެންކަމުން ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ވެގެންދާނީ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާ، ކުރަން މަސައްކަތްކުރާ ކަންކަމުގައި ބަރަކާތް ލައްވަވާ އަދި ކުރިމަތިވާ ކަންކަމުން ސަލާމަތްކުރައްވަވާ ކަމަކަށެވެ.

ބިސްމިﷲ، މާޝާ ﷲ، އަލްޙަމްދުލިﷲ ފަދަ ބަސްތައް ބުނުން ގިނަކުރަންވީ އެ ސަބަބަށްޓަކައެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް އެކަލާނގެ އެންގެވި ގޮތަށް ޢަމަލުކުރާ މީހުންނާއި ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. ގަދަފަދަ ވަސްވާސްތަކެއް ނުދެވޭނެއެވެ. ދެވޭނީ ވަރަށް ބަލިކަށި ވަސްވާސްތަކެކެވެ.

ނަތީޖާއަކަށްވެގެންދާނީ އީމާންކަމުގައި ސާބިތުވެ ހުރެވުމެވެތަޤްވާވެރިކަން އިތުރުވުމެވެ. ދުނިޔެއާއި ޢާޚިރަތުގެ ބާޖަވެރިކަން ލިބުމެވެ. އިން ޝާ ﷲ ޛިކުރު ކުރުން އަބަދުވެސް ދޫ ތެންމައިގެން ހުރުމަކީ އެހައި މަތިވެރި ކަމެއްގައި ލައްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން