ޒިނޭކުރާ އަންހެނުންނަށް ގިނަބައަކު ނަފްރަތުކުރިނަމަވެސް ޒިނޭކުރުމުން ﷲ ތަޢާލާގެ ޙުކުމްފުޅު އެއްވެސް މީހަކަށް ބަދަލެއް ނުވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޒިނޭކުރާ އަންހެނުންނަށް ގިނަބައަކު ނަފްރަތުކުރިނަމަވެސް ޒިނޭކުރުމުން ﷲ ތަޢާލާގެ ޙުކުމްފުޅު އެއްވެސް މީހަކަށް ބަދަލެއް ނުވެއެވެ!

ބުނަން ހެއްޔެވެ؟ ތިބާގެ އަތުގައި ފައިސާ ހުރީތީ ހިލޭ އަންހެނުންނާއި ގުޅުން ހިންގިދާނެއެވެ. ގެންގުޅޭ މުވައްޒިފުންނާއި މީހުންގެ އަނބިން ގޮވައިގެން ފުރައިގެންވެސް ދެވިދާނެއެވެ. ނަމަވެސް އެކަންކަން އައިސް ތިބާއާއި އަރައި ހަމަނުކުރާނެ ކަމަށް ހީނުކުރާށެވެ! 

މިޒަމާނުގައި ގިނަ ބައަކު ކުށްވެރިކުރާނީ ގޯސްކޮށް އުޅޭ އަންހެނުންނެވެ. ފިރިހެނުން ކުށްވެރިކުރާނީ ވަރަށް މަދު މީހެކެވެ. ވީމާ ފިރިހެނުން ކިތަންމެ ބޮޑު ނުބައިކަމެއް ކުރިނަމަވެސް ގިރުވާނެ ކޮޅަށް ޖަހާލައިގެން ތިބުން އޮންނަނީ ފަސޭހަކަމަކަށްވެފައެވެ. އަގުވެއްޓޭ ކަމަކަށް ނުވެފައެވެ. 

ލޮބުވެތި އަޚުންނޭވެ! ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރުމުން ދުނިޔޭގައި އެމީހަކަށް ދޭންޖެހޭ އަދަބު ދިނުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރައްވަވާފައެއް ނުވެއެވެ. ޒިނޭގެ އަދަބުތަކަށް ބެލިނަމަވެސް ވައްކަން ކުރުމުގެ އަދަބުތަކަށް ބެލިނަމަވެސް ފެންނާނީ އަދަބުތަކުގައި އެއްވެސް ތަފާތުކަމެއް ނެތިއެވެ. ހަމައެއާއިއެކު ބުނަން ޖެހެނީ ޤިޔާމަތް ދުވަހު ނުވަތަ މަރުވުމުން ކައްވަޅުގައި ﷲ ތަޢާލާ ދެއްވަވާ ޢަޛާބުގައިވެސް ވަކިމީހަކަށްވީތީ އެއްވެސް ތަފާތުކަމެއް ނެތް ވާހަކައެވެ. 

ދެން ފާހަގަކޮށްލަން ބޭނުންވަނީ ޒިނޭކުރާ މީހުންގެ ދަރިންގެ ވާހަކައެވެ. މިޒަމާނުގައި މިއުޅެނީ ޢުމުރުން 12 އަހަރުގައިވެސް ޒިނޭކުރާތީ އެކަމާއި ކަންބޮޑުވެގެންނެވެ. ޒިނޭކުރާ ކުޑަކުދިންނަށް ބަލައިފިނަމަ ޒިނޭކުރާ މީހުންގެ ދަރިން ޒިނޭކުރުން ގިނަކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އެއީ އެކަންވާނެ ގޮތްކަމަށްވެސް ޤަބޫލުކުރަންޖެހެއެވެ. ވީމާ އެބޮޑު ފާފަކުރުމުން ދަރިން ސަލާމަތްކުރުމަށްވެސް މައިންބަފައިން ޒިނޭކުރުން ހުއްޓާލަން އެބަޖެހެއެވެ. 

އަހުރެންގެ އާދޭހަކީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ހުރިހާ ކަންކަމާއިވެސް ދުރުހެލިވުމެވެ. ޚާއްޞަކޮށް ޒިނޭކުރުން ފަދަ ބޮޑެތި ފާފަތަކަށް އަރައި ނުގަތުމެވެ. ތަނަވަސްކަން ހުރިނަމަ އޮތީ ޒިނޭކުރުމެއް ނޫނެވެ. ބޭނުންވާނަމަ އަނބިން ގިނަކުރާށެވެ. އަނބިންގެ ކިބައިން އުފާ ޙާޞިލްކުރާށެވެ. އެއިރުން ތަނަވަސްކަންވެސް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން