މަރުމަތީގަ އެންމެ ފަހު ބަހަކަށް ޝަހާދަތް ކިޔަން ބޭނުން މީހުން މިކަމަށް ސަމާލުކަންދޭށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މަރުމަތީގަ އެންމެ ފަހު ބަހަކަށް ޝަހާދަތް ކިޔަން ބޭނުން މީހުން މިކަމަށް ސަމާލުކަންދޭށެވެ!: މުފްތީ މެންކް

މަރުމަތީގައި ކިޔަން އޮތް އެންމެ ހެޔޮ ކަލިމައަކީ ޝަހާދަތުގެ ދެކަލިމައެވެ. ޝަހާދަތެވެ. އެކަން ކުރަން މީހާއަށް މަގުފަހިވެގެންދާނެ އެއް ސަބަބަކީ ދުނިޔޭގައި ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ބޭކާރު ބަސްތައް ނުކިޔައި ޝަހާދަތް ކިޔަމުން ދިއުމެވެ. އެކަމަށް އާދަކުރަމެވެ. 

މިޘާލަކަށް މިމަގުން ވިސްނައިލާށެވެ! މަރުވާ ވަޤުތު ވޭން އަޅައެވެ. ގިނަ މީހުން މަރުވާނީ ކޮންމެވެސް ވޭނެއް އެޅުމުގެ ތެރެއިންނެވެ. ވޭނެއް އެޅުމުން ބޭކާރުބަސްތައް ކިޔަން އާދަވެފައި ހުރިނަމަ އެމީހަކަށް މަރުވުމުގެ ވަޤުތުގައި ނުވަތަ މަރުމަތީގައިވެސް ކިޔުން ގާތީ އެމީހަކު ކިޔައި އުޅުނު ބަހެކެވެ. 

ކޮންމެ ކަމަކާއި ގުޅިގެން ނަމަވެސް ގައިގައި ވޭނެއް އެޅުމުން ޝަހާދަތް ކިޔަން އާދަވެފައި ތިބޭ މީހުންނަށް އޮޓޮމެޓިކުންވެސް ކިޔޭނީ ޝަހާދަތެވެ. އިން ޝާ ﷲ. އެއީ އޭނާއަށް އެކަންކުރަން އާދަވެފައި ހުރީތީއެވެ. އާދަވެފައި ހުރީތީ ނުވަތަ އަބަދުކިޔާތީ ﷲ ތަޢާލާ އެމީހަކަށް އެފުރުޞަތު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ޝަހާދަތް ކިޔާއިރު އެއީ ހަމައެކަނި ދުލުން ކިޔައިލާ އާދައިގެ ބަހަކަށް ނުހަދާށެވެ. އެއިގެ މާނަ ހިތަށް ގެންނާށެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ހިތްމައްޗަށް ގެނެސްގެން ކިޔާށެވެ. އަޅާ ވޭނަކާއި ގުޅިގެން ކިޔާނަމަ ކިޔާނަމަ ތިމާއަށް ޝިފާ ދެއްވެވޭނެ ހަމައެކަނި ފަރާތަކީވެސް ﷲ ތަޢާލާކަން ހިތްމައްޗަށް ގެންނަންވާނެއެވެ. 

ޝަހާދަތުގެ ދެކަލިމަތީގައި މަރުވެއްޖެ މީހަކަށް (ޢަޛާބު ޙައްޤުވާ މީހުންނަށް ޢަޛާބު ދެއްވެވުމަށްފަހުގައި) ސުވަރުގެ ވައްދަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއިގެ އިތުރުން ޤިޔާމަތްވުމުން ކައްވަޅުން އެމީހަކު ތެދުވާނީ އެމީހަކު މަރުވުމުގެކުރިން އެންމެ ފަހުން ކުރި ޢަމަލުގެ މަތީގައެވެ. ވީމާ ޝަހާދަތްކިޔުންމަތީގައި މަރުވެއްޖެ މީހާ ކައްވަޅު ތެދުވާނީވެސް ﷲ ތަޢާލާ އެއްކައުވަންތަކުރަމުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން