ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރާ މީހުންނާމެދު ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރާ މީހުންނާމެދު ޢަމަލުކުރަން އޮތް ގޮތް-

ﷲ ތަޢާލާ، އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދުނިޔެއަށް ފޮނުއްވެވީ އެންމެހައި ރިވެތި ސިފަފުޅުތަކާއިއެކުގައެވެ. އިތުރު އެކަލޭގެފާނާއި އެ ޢަދާވާތްތެރިކަން އެންމެ ބޮޑުކޮށްގެން އުޅުނު ޔަހޫދީންގެ ބޮޑުންނަށްވެސް އިތުރުއެކަލޭގެފާނާއި ބައްދަލުވެ އިތުރު އެކަލޭގެފާނުގެ ސިފަފުޅު ފެނުމުން އެއީ އިތުރުފުޅު ހައްދަވާނޭ ބޭކަލަކު ނޫންކަން ޔަޤީންވެ ވަޤުތުން އިސްލާމްވެފައިވެސް އެބަހުއްޓެވެ. ހަމައެފަދައިން އަނެއް ބައަކަށް އެކަން އެނގިތިބެމެ އިތުރުއެކަލޭގެފާނުގެ ބަސްފުޅުތައް ދޮގުކުރީއެވެ. 

ވީމާ މީހަކަށް ހެޔޮ ނަޞޭޙަތެއް ދިނުމުން ޤަބޫލުނުކުރި ނަމަވެސް އެމީހަކު ދެކެ ރުޅި އައިސް ނަފްރަތު ނުކުރާށެވެ! ހެޔޮ ނަޞޭޙަތް ޤަބޫލުކުރެވޭނީ އެމީހެއްގެ ހިތް ޠޯހިރުނަމައެވެ. 

ﷲ ތަޢާލާ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް ވަޙީކުރެއްވެވީ ރިވެތި ޚުލްޤްފުޅުގެ މަތީގައި މީސްތަކުންނަށް ދީނަށް ގޮވައިލެއްވެވުމަށެވެ. އެމީހުން އީމާން ނުވިނަމަވެސް ކަންބޮޑުވެވަޑައި ނުގަތުމަށެވެ. އަދި އެއްވެސް މީހަކަސް ތެދުމަގު ދެއްކެވުމުގެ ބާރުފުޅު އިތުރު އެކަލޭގެފާނަށް ލިބިވަޑައިގެން ނުވާކަމަށެވެ.

މިވަޙީބަސްފުޅުންވެސް އެނގިގެންދަނީ ހެޔޮ ނަޞޭޙަތް ދިނުން ކަމަށާއި ނަޞޭޙަތް ދިނުމުން ޤަބޫލުނުކުރިނަމަވެސް އެމީހަކު ދެކެ ރުޅި އައުމުގެ ބޭނުމެއް ނެތް ކަމެވެ. އެކަން އޮތީ ﷲ ތަޢާލާއަށް ވަކީލްކުރުން ކަމެވެ. އެހެނަސް ނަޞޭޙަތް ޤަބޫލުނުކުރާނަމަ އެމީހަކާއި ދުރުހެލިވާންޖެހޭނެއެވެ! އެއީ އެފަދަ މީހަކާއިއެކު އުޅުމުން ތިމާވެސް މަގުފުރެދިގެން ހިނގައިދާނެ ކަމަށްޓަކައެވެ. އެގޮތުން އެމީހަކާއި ދުރުހެލިވި ނަމަވެސް އެމީހަކަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ.

އެހެނެއް ނޫނެވެ. އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނަކީ ހެޔޮމަގުން ޢަމަލުކުރާ ބައަކުކަން ޔަޤީންކުރަންޖެހޭނެއެވެ. އެއީ އެމީހެއްގެ މައްޗަށް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމެކެވެ. އެޒިންމާ އަދާކުރަން މަސައްކަތްކުރަންޖެހޭނެއެވެ. ވީމާ އެމީހުން ނަމާދުކުރާކަމާއި ހެޔޮ ޢަމަލުތައް ކުރާކަން ޔަޤީންކުރަންވާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން