ނަމާދު ޤާއިމުކުރާ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ހިންމަވައި ނުދެއްވަވާނެ އެއްވެސް ކަމެއް ނެތް!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ނަމާދު ޤާއިމުކުރާ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ﷲ ތަޢާލާ ހިންމަވައި ނުދެއްވަވާނެ އެއްވެސް ކަމެއް ނެތް!: ޝައިޚް އަބޫބަކުރު ޒައުދު

މިމުޖުތަމަޢުއަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާފައިވަނީ ނަމާދުކުރުމުގައި ސާބިތުވުމުންނެވެ. މައްކާ ފަތަޙަކުރެވުނީވެސް ނަމާދު ޤާއިމުކުރުމުންނެވެ. އެހެންވެސް ނަޞްރުތައް ދެއްވަވާފައިވަނީ ނަމާދު ޤާއިމްކުރުމުގައި ސާބިތުވުމުންނެވެ.

މީހަކު ނުވަތަ ބައަކު ނަމާދު ޤާއިމުކުރުމުގައި ސާބިތުވެއްޖެނަމަ ﷲ ތަޢާލާ އެބައަކަށް ނަޞްރު ދެއްވަވާނެތެވެ. އެކަމަށް ޝައްކުރުމެއް ނެތެވެ. ބައެއް ކަންކަމުގައި މުއްދަތެއް ނަގައިފާނެއެވެ. ނަމަވެސް ނަބްރު ދެއްވަވާނެތެވެ. މޫސާގެފާނަށް ނަޞްރު ދެއްވަވަންވެސް މުއްދަތެއް ނެގިއެވެ. ނަމަވެސް ވަޤުތު ޖެހުމުން ކަނޑު އިރުއްވަވައި މުސްލިމުންނަށް ނަޞްރު ދެއްވެވިއެވެ. އެއީ އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް ގޭގައި ނަމަވެސް ނަމާދު ޤާއިމުކުރަން އެންގެވިތާ 4 އަހަރު ފަހެވެ.

ވީމާ ނަމާދު ޤާއިމުކުރާށެވެ! ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭށެވެ. އެއިރުން ތިއަބައިމީހުން އެދޭ ހުރިހާ ކަންކަމެއްވެސް ދެއްވަވާނެތެވ. ހުރިހާ މައްސަލަތައް ޙައްލުކުރައްވަވައި ދެއްވަވާނެތެވެ. ކަންބޮޑުވުންތައް ފިލުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

މީސްތަކުން އަބަދުހެން މިއުޅެނީ އެމީހަކު ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެންނެވެ. އެދޭ ހުރިހާ ކަންކަންވެސް ޙާޞިލުކުރެވެން އޮތް މަގު އޮތީ ފެންނާށެވެ. މައްސަލައަކީ އެމަގާއިމެދު ވިސްނައިލެވޭ ގޮތް ތަފާތުވުމެވެ. އެމަގާއިމެދު ދެވޭ ސަމާލުކަން ކުޑަވުމެވެ.

އެމަޤަކީ ﷲ ތަޢާލާގެ ދީނަށް ނަޞްރު ދިނުމެވެ. ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމަކީ އެމީހަކު ކުރާ ހުރިހާ ކަމެއް، ދިރިއުޅުމުގެ ހުރިހާ ކަންކަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރަމުން ގެންދިއުމެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުތަކަށާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވުމެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން