މީހަކަށް ދެރައެއް ދިނުމުގެ އިތުރުން މީހަކަށް ދެރައެއް ލިބުމަށް އެދެވިފައިވީނަމަވެސް އެމީހާގެ ކިބައިން މާފަށް އެދެން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މީހަކަށް ދެރައެއް ދިނުމުގެ އިތުރުން މީހަކަށް ދެރައެއް ލިބުމަށް އެދެވިފައިވީނަމަވެސް އެމީހާގެ ކިބައިން މާފަށް އެދެން ޖެހޭނެ!

މީހަކަށް ދެރައެއް ލިބުމަށް އެދެވިފައިވީނަމަވެސް، އެފަދަ ކަމެއް ހިތަށް އެރިނަމަވެސް އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! އަދި ތިމާއަށް ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! 

ހަމައެއާއިއެކު އެކަމުން އެމީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އަދި ގެއްލުމެއް ލިބިފައި ނުވިނަމަވެސް އެމީހާގެ ކިބައިން މާފަށް އެދޭށެވެ! ނޫން ނަމަ ޤިޔާމަތް ދުވަހުން ބަދަލުދޭންޖެހޭނެއެވެ! 

މުސްލިމުން ވާންޖެހޭނީ އެހެން މީހުންނަށް ހެޔޮއެދޭބައަކަށެވެ. ގެއްލުމާއި އަނިޔާ ލިބެން އެދުމެއް ނެތެވެ. މިއީ އެންމެންވެސް އަދި ކޮންމެ ޙާލަތެއްގައިވެސް ވިސްނަން ޖެހޭނެ ކަންކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދިނުމަކީ ކުރެވޭ އެންމެ ބޮޑު އެއްފާފައެވެ. އަދި މީހަކަށް ދެރައެއް ލިބުމަށް އެދުމަކީވެސް ކުރެވޭ ނޮޑު ފާފައެކެވެ. ވީމާ އެއްވެސް މީހަކަށް ދެރައެއް ލިބުމަށް ނުއެދޭށެވެ. 

މީހަކު ތިބާއަށް ދެރައެއް ދިން ނަމަވެސްމެއެވެ. އެމީހަކު ކުރި ކަންތައް އެމީހަކަށް ދޫކޮށްލާށެވެ. އެކަމުގެ ސަބަބުން ތިމާއަށް ދެރަގޮތެއް މިންވަރު ނުކުރެއްވެވުން އެދި ދުޢާކުރާށެވެ! ދެރަ ދިން މީހާގެ ކިބައިން ބަދަލުހިފަން މަސައްކަތް ނުކުރާށެވެ. އެއިރުން އެމީހަކަށް ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ 

އަބަދުވެސް ޔަޤީންކުރަންވީ ތިމާއަށް ދެރައެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ. ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް މެނުވީ ތިމާއަށް މެދުވެރިނުވާނެ ކަމެވެ. 

ތިމާގެ ހިތް އެންމެންގެ މައްޗަށް ޠޯހިރުކުރާށެވެ! އެއްވެސް މީހަކަށް ބުރަކަމެއް ނުބާއްވާށެވެ. މިދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް އުފާވެރިކަން ލިބޭނީނ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން