ނަރަކައިގަ ލިބޭ ކެއިން ބުއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނަރަކައިގަ ލިބޭ ކެއިން ބުއިން-

"އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން ޒައްޤޫމު ގަހުން ކާނޭކަން ކަށަވަރެވެ."

"ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ."

"ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ."

"ފަހެ، ފެންބޮވައިގެންފައިވާ ޖަމަލުތައް ފެންބޯފަދައިންނެވެ."

"ޤިޔާމަތް ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ."

އަލްވާޤިޢާ: 51-56)

މިއަދު އަހުރެމެންނަށް އެމީހަކު ބޯނެވަރަކަށް ފެންބުއިމުގެ ފުރުޞަތު އެބައޮތެވެ. ބޭނުންނަމަ ފިނިކޮށްގެންވެސް ބޯންވީއެވެ. މޭވާގެ ދިޔަ އަޅައި ޖޫހަށް ހަދައިގެންވެސް ބޯންވީއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. 

އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން ކާނެ އެއްޗެއްވެސް ކާންވީއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ.   

އެހެނަސް ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ކެއުމާއި ބުއިން ހުންނާނީ މިއާޔަތްތަކުގައި އެވާ ފަދައިންނެވެ. 

ވިސްނައިލާށެވެ! ކަރުހިއްކުން ފިލާނެ ފެން ތިބާއަށް ޙަރާމް ކުރެއްވެވޭ މީހަކަށް ވެދާނެކަން އެނގޭ ހެއްޔެވެ؟ ނަރަކައިގެ އަހުލުވެރިން ފެން ފޮދަށް އެދި އާދޭސްކުރާނެއެވެ. ނަމަވެސް އެމީހުންނަށް އެންމެ ފެންތިއްކެއް ވެސް ލިބުން ވާނީ ޙަރާމްވެގެންނެވެ! ބޯންޖެހޭނީ ކެކިކެކި ހުންނަ ހޫނު ފެނެވެ. 

އިންތިހާއަށް ބަނޑުހައިވާނެއެވެ. އިމެއްނެތި ކާން ބޭނުންވާނެއެވެ. ނަމަވެސް ނަރަަކއިން ކާން ބޯން ލިބޭ ތަކެތި ކައިބޮއިހެދިވަރަށް ދާނީ ގޮހޮރު ފޫއަޅުވާލާފައި ބޭރުވަމުންނެވެ.

އެހާލަތުން ސަލާމަތްވާން ބޭނުންވާ މީހަކަށް އޮތީ އެޙާލަތު ތިމާއަށް ކުރިމަތި ނުވާނެ ގޮތަށް ދުނިޔޭގަ ހުރެ ޢަމަލުކުރުމެވެ. ނަރަކައަށް ވަންނަން ނުޖެހޭނެ ގޮތަށް ޢަމަލުތައް ކުރުމެވެ. އެނޫން އެއްވެސް ޙައްލެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން