ސިފަރީތިވެގެން ރުހޭ މީހަކާ ކައިވެނިކުރުމަށްވުރެ ބޮޑު އަޅުވެތިކަމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސިފަރީތިވެގެން ރުހޭ މީހަކާ ކައިވެނިކުރުމަށްވުރެ ބޮޑު އަޅުވެތިކަމެއް ނެތް!

ތިބާގެ މޫނާއި ހަށިގަނޑުގެ ރީތިކަމަށް ސަމާލުކަންދޭ މީހަކާއި ކައިވެނިކޮށްފިނަމަ އެހިސާބުން އެވެވެނީ އަޅަކަށެވެ. އެބަނދެވެނީ ވަރަށް ވަރުގަދަ ކަސްތޮޅަކުންނެވެ. އެކަންކަމުން ސަލާމަތެއް ނުވެވޭނެއެވެ. 

ސަބަބަކީ އެމީހާ އަބަދުވެސް ހުންނާނީ ރީތި އެހެން މީހަކަށް ބަލަބަލައެވެ. ވީމާ ދުނިޔޭގައި ތިބި ރީތި އެންމެންނާއި ވާދަކުރަން އެބަޖެހެއެވެ. އެކަމުގެ ނަތީޖާއަކަށް ވަނީ ދިރިއުޅެން ކުރަންޖެހޭ ހުރިހާ ކަމަކަށްވުރެ ރީތިކަން ދަމަހައްޓަން ކުރަންޖެހޭ މަސައްކަތަށް އިސްކަން ދޭންޖެހުމެވެ. 

ދެން އޮތް މައްސަލައަކީ ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ގިނަ ބައެއްގެ ސިފަތަކަށް ދާނީ ބަދަލުއަންނަމުންނެވެ. ވިހެއުމުންވެސް ބަދަލުތައް އަންނާނެއެވެ. ޢުމުރުން ދުވަސްވެލާއިރަށްވެސް ބަދަލުތަކެއް އަންނާނެއެވެ. އެކަންކަން އެގޮތަށް މެދުވެރިނުވެދާނީ ސަތޭކައަކުން މީހަކަށެވެ. 

ޒަވާޖީ ޙަޔާތަށް ބައިވެރިއަކު ހޯދާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. ތިބާ އާއި ަކއިވެނިކުރަން ބޭނުންވާ ސަބަބަކީ ތިބާގެ ސިފައިގެ ރީތިކަން ކަމަށް ބުނެ ސިފައަށް ތަޢްރީފްކުރާ މީހުންނާއި ކައިވެނިނުކުރާށެވެ! ސިފަ ބަދަލުވެލާއިރަށް ކުރި ތައްރީފް ނަފްރަތަށް ބަދަލުވާނެތީއެވެ. 

ހަމައެފަދައިން އަންހެނުންވެސް މިކަމަށް ސަމާލުކަންދޭންވާނެއެވެ. ފިރިހެނެއްގެ ހުރި ބޭރުފުށުގެ ސިފަ ރީތިވެގެން ކައިވެނިނުކުރާށެވެ. އެސިފަ އިސާހިތަކުވެސް ބަދަލުވެގެން ހިނގައިދާނެއެވެ. ކާމިޔާބު ޒަވާޖީ ޙަޔާތަކަށް އެދޭނަމަ ދެމީހުންވެސް ވިސްނަންވީ ޚުލްޤް ރަނގަޅު ﷲ ތަޢާލާއަށް ބިރުވެތިވާ ދީންވެރިއަކަށެވެ. ކިރިޔާވެސް އުފާވެރިކަމެއް ލިބޭނީ އެއިރުންނެވެ. 

- އަލަފް

މިއަދު އޮންލައިން