ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހުންނަށް ލިބޭ އުޖޫރަ ކުޑަވެގެން ފަސްނުޖެހޭށެވެ! ﷲ ތަޢާލާ ދެއްވަވާނީ އެންމެ ބޮޑު "އުޖޫރަ"އެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހުންނަށް ލިބޭ އުޖޫރަ ކުޑަވެގެން ފަސްނުޖެހޭށެވެ! ﷲ ތަޢާލާ ދެއްވަވާނީ އެންމެ ބޮޑު "އުޖޫރަ"އެވެ!: މުފްތީ މެންކް

ކީރިތި ޤުރްއާނުގެ ޢިލްމް ފަތުރަން ކުރެވެމުން މިދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑެތި އިނާމުތައް ހުށަހަޅައިގެން ޤުރްޢާން ކިޔެވުމުގެ މުބާރާތްތައް އެބަ ބާއްވަމުއެވެ. އެއީވެސް ހަމަ ކުރަންޖެހޭ ކަމެކެވެ.  

އެކަމަކު ބުނަން ހެއްޔެވެ. އެންމެ މަތިވެރި މީހާ ބަޔާންކުރެއްވެވިއިރު ވަޙީކުރައްވަވާފައި އޮތީ އެންމެ މަތިވެރިމީހަކީ އެންމެ ރީތި ރާގަކަކަށް ކިޔަވާމީހާއެއްވެސް ނޫނެވެ. އަދި އެންމެ ބޮޑަށް ކީރިތި ޤުރްއާން އެނގޭ މީހާއެއްވެސް ނޫނެވެ. އެންމެ މަތިވެރި މީހާކަމަށް ވަޙީކުރައްވަވާފައިވަނީ ކީރިތި ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހާ ކަމަށެވެ. 

ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ތިމާއަށް ލިބިފައިވާ ޢިލްމް އެހެން މީހުންނަށް އުނގަންނައިދިނުމުގެ މުހިންމުކަން ބޮޑުކަމެވެ. ވީހައި ގިނަ ބައަކަށް އެކަމުން ފައިދާކުރާނެ ގޮތަކަށް ކަންކަން ކުރުމުގެ މުހިންމުކަން ބޮޑުކަމެވެ. 

ކީރިތި ޤުރްޢާން އުނގެނި އުނގަންނައިދޭ މީހާއަށް މިދުނިޔޭގައި މާބޮޑު ދަރަޖައެއް، ފައިސާގެ ބޮޑު އިނާމެއް ނުލިބިދާނެއެވެ. ނަމަވެސް އެކަމާއި ވިސްނުމުގެ ބޭނުމެއް ނެތެވެ. އެމީހާއަށް ﷲ ތަޢާލާ ދެއްވަވާނީ އެންމެ މަތީ ދަރަޖައެވެ. އެއިރުން އެކަން ވެގެންދާނީ މުޅި ދުނިޔެއަށްވުރެވެސް މާއަގުހުރި އެއްޗަކަށެވެ. 

ކީރިތި ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހުންނަށް ބުނެލަން އޮތީ އެމަސައްކަތަށް ދުނިޔެއިން ލިބޭ އުޖޫރައަށް ނުބަލާށެވެ. އަދި އެކަމަށް ދުނިޔޭގައި ބޮޑު އުޖޫރައެއް ހޯދަން ނުވެސް ވިސްނާށެވެ. ކިރިޔާ ފުދުނަސް ހިތްހަމަޖެހިގެން އުފަލުގައި ހުރެ އެމަސައްކަތް ކުރަމުން ގެންދާށެވެ. ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެ ބޮޑު އުޖޫރައަށް އުންމީދުކުރާށެވެ! 

މިކަންކަން ފާހަގަ މިކުރީ ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހުންނަށް ދުނިޔޭގައި ލިބޭ އުޖޫރަ ކުޑަވެގެން އެމަސައްކަތް ކުރަން ބައަކު ފަސްޖެހޭތީ އެމީހުންނަށް ހިތްވަރުދިނުމަށެވެ. އެމަސައްކަތުގައި ބާރަށް ކުރިއަށްދާން ހިތްވަރުދިނުމަށެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން