ކޮންމެ މުސްލިމަކުވެސް ވިސްނާލުން މުހިންމު ކަމެއް! ވަރަށް ގިނައިން ސުންނަތް ނަމާދުކޮށް ސުންނަތް ރޯދަހިފުމުންވެސް ސުވަރުގެ ނުވެއްދެވި އަންހެނެއްގެ ވާހަކަ- ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޮންމެ މުސްލިމަކުވެސް ވިސްނާލުން މުހިންމު ކަމެއް! ވަރަށް ގިނައިން ސުންނަތް ނަމާދުކޮށް ސުންނަތް ރޯދަހިފުމުންވެސް ސުވަރުގެ ނުވެއްދެވި އަންހެނެއްގެ ވާހަކަ- ޙަދީޘުން!

އިސްލާމް ދީނުގައި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުން ލައްވަވާފައި މިވަނީ ސުވަރުގެ ވައްދަވާ ޢަމަލެއްގެ ގޮތުގައެވެ. އަވަށްޓެރިންނަށް ނުބައިވުން ލައްވަވާފައި މިވަނީ ނަރަކައަށް ވައްދަވާ ސަބަބެއް ކަމުގައެވެ. 

ދިރިއުޅުމަކީ ހަމައެކަނި ތިމާގެ ދިރިއުޅުންކަމަށް ބަލައި އަވަށްޓެރިންނަށް ދެވޭ ސަމާލުކަން މިއަދު މިވަނީ އިންތިހާއަށް ކުޑަވެފައެވެ. އަވަށްޓެރިންގެ ހާލުބަލައި އެހީތެރިވުން މިއަދު މިވަނީ ނާތަހްޒީބު ބީރައްޓެހި ކަމަކަށް ހަދައިފައެވެ. މިހާލަތަށް މީސްތަކުންގެ ކަންކަން ގޮސްފައިވާއިރު ކަމުގެ ޙަޤީޤަތަށް ނިކަން ބަލައިލަމާހެއްޔެވެ؟ 

ޞަޙާބީން އެއްދުވަހަކު ރަސޫލް () އަށް އަނހެނެއްގެ ވާހަކަ ދެންނެވިއެވެ. ވަރަށް ގިނައިން ސުންނަތް ނަމާދުކޮށް ސުންނަތް ރޯދަވެސް ހިފާ އަންހެނެއްގެ ވާހަކައެވެ. އަދި ޞަދަޤާތްވެސް ދީ އުޅޭ އަންހެނެއްގެ ވާހަކައެވެ. އޭނާގެ ވާހަކަތައް އަޑުފުޅު އިވިވަޑައިގަތުމާއިއެކު ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ އޭނާ ދާނީ ނަރަކައަށް ކަމަށެވެ. 

ޞަހާބީން ކަންބޮޑުވެވަޑައިގެން އެހައި ގިނަ ހެޔޮ އަމަލުތައް ކުރާއިރުވެސްތޯ؟ ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ އޭނާއަކީ އަވަށްޓެރިންނަށް ވަރަށް ނުބައި އަންހެނެއް ކަމަށެވެ. 

ޞަޙާބީން މެދުމިނުގައި އަޅުކަންކޮށް އުޅޭ އަންހެނެއްގެ ވާހަކަ ދެންނެވުމުން އޭނާ ދާނީ ސުވަރުގެއަށް ކަމަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. ސަބަބެއް ކަމަށް ޙަދީޘްފުޅު ކުރެއްވެވީ އޭނާއަކީ އޭނާގެ އަވަށްޓެރިންނަށް ވަރަށް ރަނގަޅު އަންހެނެއް ކަމަށެވެ.

މީސްތަކުންނޭވެ! ބައެއް މީހުންނަށް ހީކުރެވެނީ އިސްލާމް ދީނަކީ ހަމައެކަނި އަޅުކަންކުރުން ކަމަށެވެ. އަޅުކަން ކުރުމުން ސުވަރުގެ ވައްދަވާނެ ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. ސުވަރުގެ ވަނުމަށްޓަކައި އަޅުކަންކުރަން ޖެހެއެވެ. އަދި އަޅުކަންކުރުމާއިއެކު ތިމާގެ ޢަމަލުތައްވެސް  ރަނގަޅުކުރަން އެބަޖެހެއެވެ. މި ޙަދީޘްފުޅުން އެނގެނީ ޢަމަލުތައް، ޚާއްޞަކޮށް އަވަށްޓެރިންނާއިމެދު ޢަމަލުތައް ރަނގަޅުކުރުމުގެ މުހިންމުކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން