ބަލިމީހުންނަށްޓަކައި ދުޢާކުރުމަކީ ތިމާ ބަލިވުމުން ކުރާ ކަމަކަށް ނުހަދާ ކޮންމެ ދުވަހަކު އެންމެންނަށް ޝިފާ ދެއްވެވުންއެދި ދުޢާކުރުމުގެ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބަލިމީހުންނަށްޓަކައި ދުޢާކުރުމަކީ ތިމާ ބަލިވުމުން ކުރާ ކަމަކަށް ނުހަދާ ކޮންމެ ދުވަހަކު އެންމެންނަށް ޝިފާ ދެއްވެވުންއެދި ދުޢާކުރުމުގެ ފައިދާ-

ތިމާ ނުވަތަ ތިމާގެ ގާތް މީހަކު ބަލިވުމުން ގިނަ ބައަކު ކުރާ ދުޢާގައި އެހެން މީހުންވެސް ހިމަނައެވެ. އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ކޮންމެ ދުވަހަކުވެސް ތިމާ ކުރާ އެއް ދުޢާއަކީ ބަލިޙާލުގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް ދެއްވެވުން އެދިގެން ދުޢާކުރުމެވެ.

ކޮންމެ ދުވަހަކީވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އަދި ތިމާ ދިރިއުޅޭ މުޖުތަމައުގައިވެސް އެތައް މިލިއަން ބައަކު ބަލިވެ ތިބޭނެ ދުވަހެކެވެ. އެއެންމެންވެސް އެތިބެނީ ވަރަށް ބަލި ޙާލުގައެވެ. އެހެން މީހުންގެ ހެޔޮ ދުޢާއަށް އެދިއެދިއެވެ.

ވީމާ ތިމާއަށާއި ޢާއިލާއަށް ދުޅަހެޔޮ ޞިއްހަތެއް ދެއްވެވުން އެދި ދުޢާކުރާ ފަދައިން އެހެންމީހުންނަށްޓަކައިވެސް ހަމަ އެފަދައިން ދުޢާކުރަންވާނެއެވެ. އަދި ބަލިޙާލުގައި ތިބި އެންމެންނަށް އަވަސް ޝިފާއެއް ދެއްވެވުމަށްވެސް އެދެންވާނެއެވެ.

ތިމާގެ އެކުވެރިންގެ ތެރޭގައިވެސް ޙާލު ނުއެނގޭ އެތައް ބައަކު ތިބޭނެއެވެ. އެކުވެރިއަކު ބަލިޙާލުގައި އުޅެފައިވާ މަރުވާފަހުން އެނގުމުން އޭނާ ދިރި އޮއްވައި ދުޢާނުކުރެވުނީ ހިތާމަކުރެވޭނެއެވެ. ނަމަވެސް މިބުނި އުޞޫލުން ދުޢާކުރާނަމަ ނުއެނގިހުރެ ނަމަވެސް އޭނާއަށްޓަކައިވެސް ވާނީ ހެޔޮ ދުޢާކުރެވިފައެވެ. ދުޢާނުކުރެވުނީތީ ހިތާމަކުރާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން ގިނަ މީހުންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ އެމީހަކަށް ލައްވަވާ ރަޙްމަތް އިތުރުކުރައްވަވާނެ ކަމެކެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން