ބަޖެޓް އެކުލަވާލުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސްގެ ފަރާތުން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބަޖެޓް އެކުލަވާލުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސްގެ ފަރާތުން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި

2024 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެކުލަވާލުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިޒުގެ ފަރާތުން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާ އެ ކޮމިޓީގެ މަސައްކަތްތަކަށް ބޭނުންވާ ބޭނުންވާ މައުލޫމާތު ހޯދުމަށް އެދި މިނިޓްރީ އޮފް ފިނޭންސަށް ތަފްސީލީ މައުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.

އިންތިގާލީ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ދިވެހި ދައުލަތުގެ މިހާރުގެ ފިޒިކަލް ހާލަތާއި 2024 އަށް ލަފާކުރާ ތަފްސީލީ މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ބައްދަލުވުމަކަށްވެސް އެދިފައިވާނެ ކަމަށާއި ބަޖެޓުގައި އިސްކަންދޭ ކަންކަން އަދި ތަފްސީލްކޮށް ނުދެވުނަސް 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ފޯކަސް ކުރާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އިންތިހާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައްޔިތުން މަޖިލީހުގެ ފަރާތުން ބާއްވާއިރު އިންތިހާބީ ރައީސްގެ އެދިވަޑައިގަތުމާއި އެއްގޮތަކަށް ބޭވުމަށް ސަރުކާރުން އެއްބަސްވާކަމަށާއި އެގޮތުން 17 ނޮވެމްބަރ ވާ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި މި ދަރުބާރު ބޭއްވުމަށް މަޝްވަރާކުރެވި އެކަމަށް ތައްޔާރުވަމުން ދާކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.

އިންތިގާލީ ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު މުއަށްސަސާތަކަށް ޒިޔާރަތްކުރުން ވަނީ ހަމަޖެހިފައިވާއިރު އިއްޔެ ވަނީ މުއައްސަސާތަކަށް ސިޓީ ފޮނުފައެވެ. ސިވިލްސާވިސްގެ ގާނޫނުގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކަށް މުވައްޒަފުން ނެގުމާއި އިދާރާތަކުގެ މަގާމުތައް އުފެއްދުމާއި ގުޅޭ ކަންކަން މަޑުޖައްސާލުމަށް އެދިފައިވާކަމަށާއި ސިވިލްސާވިސްގެ ދަށުގައި ނުހިމެނޭ މުއައްސަސާތައްވެސް އެ އުސޫލުގެ ދަށުން މި މަރުހަލާގައި ކުރިއަށް ގެންދިއުމަށް އެދިލެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އިންތިގާލީ ކޮމިޓީ އޮފީސް ހެދުމާއި އެހެނިހެން ކަންކަމުގައިވެސް ސަރުކާރުން އެއްބާރުލުން ދެއްވާކަމަށާއި ނަމަވެސް އެކިއެކި ފަރާތްތަކުން ލިބޭ މައުލޫމާތުތަކުން ބައެއް އިދާރާތަކުން މީހުންނަށް މަގާމު ދިނުމާއި ޕްރޮމޯޝަން ދޭކަމަށް މައުލޫމާތު ލިބޭކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރެއްވުމަށް އިލްތިމާސް ކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން