ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް މަކަރުހެދުމަކީ އެންމެ ބަލިކަށި މީހުންގެ ސިފައެއް! ޙަޤީޤީ އުފާވެރިކަމެއްވެސް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް މަކަރުހެދުމަކީ އެންމެ ބަލިކަށި މީހުންގެ ސިފައެއް! ޙަޤީޤީ އުފާވެރިކަމެއްވެސް ނުލިބޭނެ!

"އެއްވެސް މީހަކަށް އެއްވެސް ކަމެއްގައި މަކަރު ހެދުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫނެވެ. ކައިވެނިކުރުމަށްފަހު ބައިވެރިޔާއަށް މަކަރުހެދުމަކީ އެންމެ ބަލިކަށި މީހުންގެ ސިފައެކެވެ. 

މަކަރު ހަދަން ބޭނުންނަމަ ކައިވެނި ނުކުރާށެވެ. ބައިވެރިޔާއަށް މަކަރުހަދާނަމަ އެކަންވާނީ ބައިވެރިޔާއަށް ކުރެވޭ އެންމެ ބޮޑު އަނިޔާއަށެވެ. 

ފިރިހެނުންނަށް ޚާއްޞަކޮށްގެން ބުނެލާނަމެވެ. އަނބިމީހާއަށް ވިޔަސް ލޯބިވެރިޔާއަށް ކަމަޥީނަމަވެސް ދޮގުހަދައި އޮޅުވާލުމަކީ ފިނޑި އަންހެނުން ކުރާ ޒާތުގެ ކަމެކެވެ. އެއީ ގަޓްހުރި ފިރިހެނުން ކުރާނެ ކަމެއް ނޫނެވެ." 

ސޯޝަލް މީޑިއާގައި މީހަކު ބުނެފައިވާ މިބަސްކޮޅަކީ ފިރިހެނުންވެސް އަދި އަންހެނުންވެސް ވަރަށް ބޮޑަށް ވިސްނައިލަންޖެހޭނެ ބަސްކޮޅެކެވެ. ވަރަށް ރަނގަޅު ނަޞޭޙަތެކެވެ. 

ބައިވެރިޔާއަށް އެކަންޏެއް ނޫނެވެ. ހަމަ އެއްވެސް މީހަކަށް މަކަރު ނުހަދާށެވެ. އެކަމުން ލިބޭ ވަޤުތީ ހިތްހަަމޖެހުމަށްވުރެ އެކަމުން އެމީހަކަށް ފަހުން ލިބޭނެ ހިތްދަތިކަން މާބޮޑުވާނެއެވެ. ލިބޭނެ އަނިޔާވެސް މާބޮޑުވާނެއެވެ. 

ތިމާއަށް މީހަކު އެއްވެސް މަކަރެއް ހަދައިފިނަމަ ތިމާ ވާނެ ދެރައާއި އަންނާނެ ރުޅިއާއި ކުރެވޭނެ ނަފްރަތު ހިތަށް ގެންނާށެވެ! ހަމަ ކޮންމެ މީހެއްގެ ވެސް އޮންނާނީ ހިތެއްކަން ދަންނާށެވެ! ކޮންމެ ހިތަކަށްވެސް އަސަރުކުރާނެއެވެ. 

މަކަރުހަދާ މީހަކަށް ހަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. އަބަދުވެސް ހުންނަނަ ޖްހޭނީ ހާސްވެ ކަންބޮޑުވެފައެވެ. ފިކުރެއްގެ މަތީގައެވެ. ވީމާ ތިމާގެ ހިތަށް ހަމަޖެހުން ބޭނުންވާނަމަވެސް ހަމައެކަކަށްވެސް މަކަރު ނުހަދާށެވެ. ތެދުވެރިވެ ﷲ ތަޢާލާގެ ޙަޟްރަތުން ހިތްހަމަޖެހުން ހޯދަން މަސައްކަތްކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން