ދުވާލަކު އެންމެ 20 މިނިޓް ޤުރްއާނާއެކު ހޭދަކުރާނަމަ ކުރާނެ ފައިދާގެ ބޮޑުކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދުވާލަކު އެންމެ 20 މިނިޓް ޤުރްއާނާއެކު ހޭދަކުރާނަމަ ކުރާނެ ފައިދާގެ ބޮޑުކަން އެނގޭހެއްޔެވެ؟

އެކިއެކި ދިރާސާތައްކުރާ މީހުން ބުނާ ގޮތުގައި މުޅި އަހަރު ދުވަސްތެރޭގައި 100 ގަޑިއިރު އެއްކަމެއްގައި ހޭދަކުރާނަމަ އެކަމެގައި އެމީހަކު ހިމެނިގެންދާނީ އެކަމަކުން އެންމެ ބޮޑަށް ކުރިއަރައިދާ މީހުންގެ ތެރޭގައެވެ. މިއީ ދުވާލަކަށް 17 މިނިޓް ހަމަނުވާ ޢަދަދެކެވެ. އެހެންވެ އަހުރެން މިނެގީ އިތުރު 3 މިނިޓްލައި 20 މިނިޓްއިރެވެ. 

މިދިރާސާއަކީ މުސްލިމުން ކޮށްފައިވާ ދިރާސާއެއް ނޫނެވެ. ވީމާ އެމީޤުރްއާނާއި ގުޅުވައިގެން ދިރާސާކުރާނެކަމަށް ނުބެލެވެއެވެ. ދިރާސާކޮށްފައިވާނީ އެހެން ކަންކަމާއި ގުޅުވައިގެންނެވެ. 

ވީމާ އަހުރެންނަށް ވިސްނޭގޮތުން ޤުރްއާން އުނގެނެން މާފަސޭހަވެގެންދާނެއެވެ. އެހެނީ ޤުރްއާން އުނގެނުން ﷲ ތަޢާލާ ވަނީ ފަސޭހަކުރައްވަވައި ދެއްވަވައިފައެވެ. 

އަހުރެން ބުނާނީ ކޮންމެ ދުވަހަކު 20 މިނިޓް ޤުރްއާން ކިޔާނަމަ ކިޔަވަން ދަސްވެ ކިޔަވަން ފަސޭހަވެގެންދާނެއެވެ. މާނަދަސްކުރަން މަސައްކަތްކުރިނަމަވެސް އަދި ހިތުދަސްކުރަން މަސައްކަތްކުރި ނަމަވެސްމެއެވެ. 

ކުރަން ކިއޮތީ 3 ކަމެކެވެ. 1 ކިޔެވުން 2 ހިތުދަސްކުރުން 3 މާނައުނގެނުން 

މި 3 ކަންތަކަކީވެސް ކުރަން ހުރި ކަންކަމެވެ. އެހެންކަމާއިއެކުވެސް ކޮންމެވެސް އެއްކަމެއްގައި އަހަރުދުވަސްވަންދެން ޤަވާއިދުން ދުވާލަކު 20 މިނިޓް ހޭދަކޮށްބަލާށެވެ! އުންމީދުކުރާވަރަށްވުރެވެސް މާރަނގަޅު ނަތީޖާއެއް ފެނިގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން