މަސައްކަތުގަ އުޅޭއިރު ބުރުގާ ނަގައިގެން ވުޟޫ ނުކުރެވޭނަމަ ވުޟޫކުރަން ލުއިފަސޭހަ ގޮތް އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މަސައްކަތުގަ އުޅޭއިރު ބުރުގާ ނަގައިގެން ވުޟޫ ނުކުރެވޭނަމަ ވުޟޫކުރަން ލުއިފަސޭހަ ގޮތް އެބަހުރި!

އޮފީސްތަކަށް ވަޒީފާ އަދާކުރަންދާ ބުރުގާއެޅި ބައެއް އަންހެނުންނަށާއި ބުރުގާއަޅާ ދަރިވަރުންނަށް ރަސްމީ ވަގުތުތަކުގައި ވުޟޫކުރަންދަތިވާކަމަށްބުނެއެވެ. އަދި އެކަމުގައި ލުއިފަސޭހަގޮތެއް އޮތްތޯ ސުވާލުކުރާތީ ގެނެސްމިދެނީ މިކަމުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެވެ! 

"ބުރުގާ އަޅާ އަންހެނަކު ވުޟޫ ކުރަން ބުރުގާ ނެގުން ދަތިވާ ޙާލަތުގައި ބޮލާއި ކަންފަތުގައި ފެންލުމަށް ބުރުގާ މަތިން ފެން ޖެއްސިދާނެއެވެ. އަދި ބުރުގާ ދަށުން ނިތްކުރިމަތިން އިސްތަށީގައި ފެންޖެއްސުމުން ވެސް ފުދޭނެއެވެ. 

ދެއަތަށް ފެންލާއިރު އަތްތިލައާއި އުޅަނބޮށްޓާއިއެކު އަތުގައި ހޭކޭ ގޮތަށް ފެންލާން ޖެހޭނެއެވެ." 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވީ ބުރުގާ އަޅައިގެން ސްކޫލްތަކަށް ދާ ދަރިވަރުން ސްކޫލްގައި ވުޟޫކުރާއިރު ބުރުގާ ނަގައިގެން ވުޟޫ ކުރަން އުނދަގޫވާކަމަށް ބުނެ ބައެއް ބެލެނިވެރިން ހުށަހެޅި ސުވާލަކާއި ގުޅިގެންނެވެ.

މިއަދު އޮންލައިން