ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު އަނބިދަރިން ނިކަމެއްޗެއް ނުކުރާނެ! ހިތުގަ ނުޖައްސުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު އަނބިދަރިން ނިކަމެއްޗެއް ނުކުރާނެ! ހިތުގަ ނުޖައްސުވާނެ!: މުފްތީ މެންކް

ބައެއް މީހުން ބުނެއެވެ!

"އަހުރެން ﷲ ތަޢާލާ ދެކެ ލޯބިވަމެވެ. ފަރުޟަތައް އަދާކުރަމެވެ. ސުންނަތް ނަމާދު ކުރަމެވެ. ސުންނަތް ރޯދަވިސް ހިފަމެވެ. ފަރުޟް ޙައްޖު އަދާކޮށްފީމެވެ. މަސައްކަތް މިކުރަނީ ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވެ ހުންނާށެވެ."  

ބުނަން ހެއްޔެވެ؟ އެބުނި ހުރިހާ ކަމެއް ކުރިނަމަވެސް އެހެން މީހުންނަށް ނުބައިބަސްތައް ބުނެ ހިތުގައި ޖައްސުވައި އަނިޔާވެރިވާ މީހަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކަށް ނުވެވޭނެއެވެ. އެހެނީ ކޮންމެ މީހަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ އެކަލާނގެ އަޅެކެވެ. އެކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތައި އުފާވެރިކަން ހޯދައި ދިނުމަށާއި އަނިޔާވެރި ނުވުމަށް ﷲ ތަޢާލާ ވަނީ ގަދަ އަމުރުފުޅުން އަމުރުފުޅުކުރައްވަވައިފައެވެ.  

އެމީހެއްގެ އަނބިދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނަށް އަޅާލައި ލޯބިދީ ހެޔޮކޮށް ހިތަން ﷲ ތަޢާލާ ވަނީ ވަރަށް ވަރުގަދައަށް އަމުރުފުޅު ކުރައްވަވައިފައެވެ. ޖުމުލަކޮށްލާފައި ބުނާނަމަ ﷲ ތަޢާލާ ދެކެ ލޯބިވާ މީހަކު ﷲ ތަޢާލާގެ އެއްވެސް އަޅަކަށް ދެރަވާނެ ގޮތަކަށް، ހިތުގައި ޖެހޭނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގަދައަޅައި މަސައްކަތްކުރަންވީ ފުރިހަމަ މާނައިގައި ﷲ ތަޢާލާ އަށް ކިޔަމަންތެރި، ﷲ ތަޢާލާ ދެކެ ލޯބިވާ އަޅަކަށްވުމަށެވެ. ކުރާ އަޅުކަމުގެ ފައިދާ ޙާޞިލްވާނީ އެއިރުންނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން