ޤާރޫނުގެ ވާހަކަ- 1

ކިޔުމަށް ހޭދަވާނީ 3މ 28ސ
ޤާރޫނުގެ ވާހަކަ- 1

ޢަލީ އިޙްޞާން ފިރާޤް

 

ޤާރޫނުގެ ވާހަކައަކީ، ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ޢިބްރަތްތެރި ވާހަކަތަކުގެ ތެރެއިން ވާހަކައެވެ. ޤާރޫނަކީ، ބަނީއިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައި އުޅުނު ޖައްބާރު މީހެކެވެ. ވަރަށް މުދާވެރި މުއްސަނދި މީހެކެވެ. މުއްސަނދިކަމުގެ ނިޢުމަތް ލިބިފައިވުމާއެކު އޭނާގެ ކިބައިގައި ބޮޑާކަމާއި ކިބުރުވެރިކަމުގެ ސިފަހުރީ އާދަމުގެ ދަރީން ޙައިރާންވާ ދަރަޖައަކަށެވެ. ކީރިތި ޤުރްއާނުގެ ޤަޞަޞު ސޫރަތުގެ 76 ވަނަ އާޔަތުގައި ޤާރޫނުގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

إِنَّ قَارُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَآتَيْنَاهُ مِنَ الْكُنُوزِ مَا إِنَّ مَفَاتِحَهُ لَتَنُوءُ بِالْعُصْبَةِ أُولِي الْقُوَّةِ إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ ۖ إِنَّ اللَّـهَ لَا يُحِبُّ الْفَرِحِينَ ﴿٧٦

މާނައީ: [ހަމަކަށަވަރުން، قارون އަކީ، موسى ގެފާނުގެ قوم ގެމީހުންގެ ތެރެއިންވީ މީހެކެވެ. ފަހެ، އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ އޭނާއަށް ގިނަވެގެންވާ (މުދާތަކުގެ) خزانة ތައް ދެއްވީމެވެ. ހަމަކަށަވަރުން، ވަރުގަދަ جماعة އެއްގެ މީހުންނަށް، އެ خزانة ތަކުގެ ތަޅުދަނޑިތައް އުފުލުންވަނީ ބުރަވެފައެވެ. އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދެވެ. (كبر ވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.

ޢަބްދުބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. [ޤާރޫނަކީ، މޫސާގެފާނުގެ ބަފައިފުށުގެ ބޮޑުބޭބެއެއްގެ ދަރިއެކެވެ.] އިބްނު ޖުރައިޖު ވިދާޅުވެފައިވެއެވެ. [ޤާރޫނަކީ،  قاهث ގެ يصهر ގެ ދަރިއެކެވެ. މޫސާގެފާނަކީ، قاهث ގެ عمران ގެ ދަރިކަލެކެވެ.] {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަތްވަނަ ޖިލްދު، ޞަފްޙާ 441-442}

ޤަތާދާ ރަޙިމަހު ވިދާޅުވެފައިވެއެވެ. [ޤާރޫނަށް منوّر އޭ ނަންކިޔިގެންވެއެވެ. އެއީ އޭނާ ތައުރާތު ކިޔަވައި އުޅޭލެއް ފުރިހަމަކަމާއި، ރީތިކަމުގެ ސަބަބުންނެވެ. ނަމަވެސް ފަހުން  އޭނާވީ މުނާފިޤުންގެ ތެރެއިންނެވެ. މޫސާގެފާނުގެ ރަސޫލުކަން ދޮގުކުރި، މާތް ރަސްކަލާނގެ ޢަދުއްވުންގެ ތެރެއިންނެވެ. އެއީ ގެރިއަށް އަޅުކަންކުރުމުގެ ކުޅިގަނޑު ބަނީއިސްރާއީލުބާގައިގެ މީސްތަކުންނަށް ދަސްކޮށްދިން ސާމިރީ ފަދައިންނެވެ. އާޚިރުގައި އޭނާވީ ގެއްލި ހަލާކުވެގެންދިޔަ މީސްތަކުންގެ ތެރެއިންނެވެ.] شهر بن حوشب ވިދާޅުވެފައިވެއެވެ. [ޤާރޫނު އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ބިމުގައި ހިނގައި ބިނގާވެ އުޅުނީ، ބިމުގައި އޭނާގެ ހެދުމުގެ ފަސްބައި ކާއްތައި ދަމަމުންނެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 202}

 

 

- އަދި ނުނިމޭ

 

މިއަދު އޮންލައިން