އިންތިހާބީ ރައީސް ޑރ މުޙައްމަދު މުއިޒު ގެ ސަރުކާރެއްގައި ސިޔާސީ މަޤާމު 700 އަށްވުރެ ގިނަ ނުވާނެކަމަށް އިންތިގާލީ ސްޕޯކްސް ޕާސަން ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ ސްޕޯކްސް ޕާސަން ހާމަ ކުރެއްވި ގޮތުގައި ކުރިއަށްއޮތް ފަސްއަހަރު ދިވެހިރާއްޖޭގައި ވެރިކަންކުރާ ސަރުކާރުގައި އުފައްދަވާ ވަޒީފާތައް 700 އަށްވުރެ ގިނަ ނުވާނެކަމަށާއި އެއީ ދައުލަތުގެ ހުރިހާ ވުޒާރާއެއް ހިމެނޭގޮތުން އުފައްދަވާނެ މަގާމުތައް ކަމުގައި ފާހަގަ ކުރެއްވިއެވެ. މިއީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކާއި އަދި އެހެނިހެން މުވައްސަސާ ތަކުގެ އިތުރުން ރައީސުލް ޖުމުހޫރިއްޔާއާއި ރައީސުލް ޖުމުހޫރިއްޔާގެ ނައިބު ދިރިއުއުޅުއްވާ ގެ ކޮޅު ހިމެނޭހެން އުފައްދާ މަޤާމުތަކެވެ.
މީގެ އިތުރުން އެފިޝެންޓް ސަރުކާރަކަށް ހެދުމަށްޓަކައި އެކިއެކި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ހިމެނޭހެން ޤާބިލު ތައުލީމީ ފަރާތްތަކަށް ފުރުސަތު ދެއްވާ ޝާމިލް ސަރުކާރެއް އެކުލަވާލާނެކަމަށްވެސް ވަނީ ބުނެފައެވެ.
މިއީ ދިވެހިރާއްޖޭގައި ސަރުކާރަކުން ސިޔާސީ މަޤާމު އުފައްދާނޭ އެންމެ މަދު ޢަދަދެވެ. މިހާރުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް އިތުރު ވުމުގެ ސަބަބުން ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ ވަރަސްބޮޑަށް އަމާޒުވެފައެވެ.