އިންތިޚާބީ ރައީސް ޑރ.މުޢިއްޒު، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އިންތިޚާބީ ރައީސް ޑރ.މުޢިއްޒު، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއާ ބައްދަލުކުރައްވައިފި

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންތިޚާބުގެ ކަންކަން ބެއްލުވުމަށް އީޔޫ އިން ދެއްވި ސަމާލުކަމަށް ޝުކުރުއަދާކުރެއްވިއެވެ. އޮބްޒާވަރ މިޝަންގެ މަސައްކަތްތަކުގެ ސަބަބުން، އިންތިޚާބުތަކާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާވެގެންދިޔުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ ދައުރުގައި، މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މުސްތަޤިއްލުކަން ކަށަވަރުކުރުމަށް މަސައްކަތްކުރަވާނެކަމަށް ވިދާޅުވިއެވެ. 

އިންތިޚާބުގެ ކަންކަމާއި އިންތިޤާލީ މަރުޙަލާގެ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ކުއިޔަށްދާކަން ފާހަގަކުރައްވައި، ޔޫރަޕިއަން ޔޫނިއަން އޮބްޒާވަރ މިޝަންއިން، އެކަންކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި ރިޔާސީ އިންތީޚާބާ ގުޅޭ ގޮތުން ތައްޔާރުކުރައްވާފައިވާ ރިޕޯޓު، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވިއެވެ.

 

މިއަދު އޮންލައިން