ޤާރޫނުގެ ވާހަކަ- 2

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 10ސ
ޤާރޫނުގެ ވާހަކަ- 2

ޢަލީ އިޙްޞާން ފިރާޤް

 

ޢަބްދު ބިން ޢުމަރު ރަޟިޔަ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. 

"‏ بَيْنَا رَجُلٌ يَجُرُّ إِزَارَهُ، خُسِفَ بِهِ، فَهْوَ يَتَجَلَّلُ فِي الأَرْضِ إِلَى يَوْمِ الْقِيَامَةِ ‏"‏‏{صحيح البخاري،كتاب اللباس،باب مَنْ جَرَّ ثَوْبَهُ مِنَ الْخُيَلاَءِ، ޙަދީޘް ނަންބަރު 5790}

މާނައީ: [އެއްފަހަރަކު މީހަކު (ބޮޑާކަމާ ކިބުރުވެރިކަމާއެކު) އޭނާގެ އިޒާރު ބިމުގައި ދަމަމުން ދަމަމުން ހިނގައިފައި ދަނިކޮށް، އޭނާ ބިމަށް ގަންބަވައިގަންނާނެއެވެ. އަދި އޭނާ އެގޮތަށް ބިމަށް ގެނބުމުގައި ޤިޔާމަތާ ހަމައަށް ދެމިހުންނަ ހުއްޓެވެ.] 

ޤާރޫނުގެ ބޮޑާކަމާއި ކިބުރުވެރިކަން ޙައްދު ފަހަނަ އަޅައިދިޔުމުން އެ ޤައުމުގެ ހެޔޮ ވިސްނިވަޑައިގަންނަވާ މީސްތަކުން އޭނާއަށް ނަސޭހަތްތެރިވެވަޑައިގެން އުޅުއްވިއެވެ. މިވާހަކަތައް ޙިކާޔަތުގެ ގޮތުން ޤުރްއާނުގެ ޤަޞަޞު ސޫރަތުގެ 76 ވަނަ އާޔަތާއި 77 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.

(....إِذْ قَالَ لَهُ قَوْمُهُ لَا تَفْرَحْ ۖ إِنَّ اللَّـهَ لَا يُحِبُّ الْفَرِحِينَ ﴿٧٦﴾ وَابْتَغِ فِيمَا آتَاكَ اللَّـهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّـهُ إِلَيْكَ ۖ وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّـهَ لَا يُحِبُّ الْمُفْسِدِينَ ﴿٧٧

މާނައީ: [އޭނާގެ قوم ގެމީހުން އޭނާއަށް ބުނިހިނދެވެ. (كبر ވެރިވުމުގެގޮތުން) އުފާ ނުކުރާށެވެ! ހަމަކަށަވަރުން، ބޮޑާވުމުގެގޮތުން އުފާކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އަދި ތިބާޔަށް اللَّه ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) آخرة ގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: آخرة ގެ ދިންނެވުމާއި، رحمة އާއި، ثواب އަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ! އަދި ބިމުގައި فساد އުފެއްދުމަށް ތިބާ އެދިނޫޅޭށެވެ! ހަމަކަށަވަރުން، فساد ކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.] 

ނަމަވެސް ޤާރޫނަށް އޭނާގެ ޤައުމުގެ މީސްތަކުން އެރުވި އެއްވެސް ނަސޭހަތެއް ކަމަކު ނުދިޔައެވެ. އޭނާ ޤަބޫލުކުރަމުން ގެންދިޔައީ، އޭނާއަށް މުދަލާއި ފައިސާގެ ތަނަވަސްކަން ލިބިވަފައިވަނީ އޭނާގެ ޢިލްމުވެރިކަމުގެ ސަބުންކަމަށެވެ. އޭނާގެ މޮޅުކަމުގެ ސަބަބުން ކަމަށެވެ. މި ވާހަކަ ޤުރްއާނުގެ ޤަޞަޞު ސޫރަތުގެ 78 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ލަފްޒުތަކުންނެވެ.

قَالَ إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي ۚ أَوَلَمْ يَعْلَمْ أَنَّ اللَّـهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْأَلُ عَن ذُنُوبِهِمُ الْمُجْرِمُونَ ﴿٧٨ 

މާނައީ: [އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ. ހަމަކަށަވަރުން، އޭނާގެ ކުރިން އިސްވެދިޔަ جيل ތަކުން އޭނާޔަށްވުރެ މާވަރުގަދަ އަދި މުދާ ގިނަމީހުން اللَّه ހަލާކުކުރެއްވިކަން އޭނާޔަށް ނޭނގެނީހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާމެދު سؤال އެއް ނުކުރައްވާނެތެވެ. (އެބަހީ: އެއުރެންނާ سؤال ކުރެއްވުމުގެ ބޭނުމެއްނެތެވެ. اللَّه ހުރިހާކަމެއް ދެނެވޮޑިގެންވެތެވެ.)] 

ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. [ޤާރޫނު، އެއްފަހަރަކު ނުބައި ޢަމަލުކުރާ އަންހެނަކަށް ފައިސާ ދީފައި، އޭނާ މޫސާގެފާނާއެކު ހުތުރު ގޮތްތަކަށް އުޅުނު ވާހަކަ މީސްތަކުންގެ ތެރޭގައި ކިޔުމަށް އެދުނެވެ. ދެން މޫސާގެފާނު އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރޭގައި ހުންވަނިކޮށް އެ އަންހެންމީހާ ގޮސް އެވާހަކަތައް ކިޔަންފެށިއެވެ.

ހަމައެވަގުތުމެ، މޫސާގެފާނު އަރަހުށި މާތް ގެ ޙަޟުރަތަށް ސަޖިދައަށް ތިރިވެވަޑައިގެން އެކަމުން ނަޖާކުރައްވައި ބަރީޢަކުރެއްވުން އެދިވަޑައިގެން ދެންނެވިއެވެ. އެއަށްފަހު ސަޖިދައިން ތެދުވެވަޑައިގެން އެ އަންހެންމީހާއާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. [ކަމަނާ ތިޔަކަންތައް ކުރުމަށް އުޖޫރަ ދިނީކާކު ހެއްޔެވެ؟] އޭނާ ދެންނެވިއެވެ. [މިކަންތައް ކުރުމަށް ތިމަންނާއަށް ފައިސާދިނީ ޤާރޫނެވެ.] އެއަށްފަހު އެކަނބުލޭގެ އޭނާއަށް ކުރެވުނު ނުބައިކަންތަކަށް މާފުއެދިވަޑައިގެން ތައުބާވެއްޖެއެވެ. ދެން މޫސާގެފާނު ޤާރޫނަށް ލަޢުނަތްލެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. މާތްއެކަލޭގެފާނުގެ ދުޢާފުޅު އިޖާބަކުރެއްވިއެވެ. އެކަލާނގެ މޫސާގެފާނަށް އެންގެވީ، އެކަލޭގެފާނު ކުރައްވާ ކޮންމެ އަމުރަކަށް ކިޔަމަންތެރިވުމަށް ބިމަށް އަމުރުކުރެއްވި ވާހަކައެވެ. ދެން މޫސާގެފާނު ބިމަށް އަމުރުކުރެއްވީ ޤާރޫނާއެކު އޭނާގެ މުދަލާއި ގަނޑުވަރު ބިމަށް ގަންބަވައިގަތުމަށެވެ. ދެން އޭނާއާ އޭނާގެ މުދާ ބިމަށް ގަންބަވައިގަތެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 205}

މާތް ނަބިއްޔާ ޙަދީޘު ކުރައްވައިފައިވެއެވެ. [ނަމާދަށް ރައްކާތެރި ނުވާ މީހާ ޤިޔާމަތް ދުވަހުވާނީ ޤާރޫނާއި، ފިރުޢައުނާއި، ހާމާނާއި، އުބައްޔު ބުނު ޚަލަފާއެކުގައެވެ.] {  ابن حبان في صحيحه - بَابُ الْوَعِيدِ عَلَى تَرْكِ الصَّلَاةِ - حديث رقم 1489، الدارمي في سننه - بَابُ : فِي الْمُحَافَظَةِ عَلَى الصَّلَاةِ - حديث رقم 2689}

މިއަދު އޮންލައިން