ރިޝަވަތު ހިފުމާ ރިޝްވަތުދިނުން- ތިމާއާ އަނބިދަރިންނަށްވެސް ނަރަކައަށް ވަންނަން ޖެހިދާނެ ބޮޑުފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރިޝަވަތު ހިފުމާ ރިޝްވަތުދިނުން- ތިމާއާ އަނބިދަރިންނަށްވެސް ނަރަކައަށް ވަންނަން ޖެހިދާނެ ބޮޑުފާފައެއް!: މުފްތީ މެންކް

ކޮރަޕްޝަން ނުވަތަ ފަސާދަ ޢާންމުވެފައިވާ މިންވަރުން އެއާއިނުލައި ދިރިއުޅެން އުނދަގޫވާ ޙާލަތަށް ކަންކަން މިވަނީ ގޮސްފައެވެ. ރިޝަވަތު ދިނުމާއި ރިޝްވަތުހިފުމަކީ ޙަރާމްކަމެއްކަމަށް ޤަބޫލުކުރަނީވެސް މަދު މީހެކެވެ. 

ކަމެއް އެމީހަކު ބޭނުންވާ ގޮތަށް ކުރުވުމަށްޓަކައި މަދު ޢަދަދަކުން ރިޝަވަތު ހުށަހަޅައިފިނަމަ އެއީ ފާފައެއް ކަމަށް ބުނެ ހިފަން ފަސްޖެހިދާނެއެވެ. ނަމަވެސް ބޮޑެތި ޢަދަދުތަކުން ހުށަހަޅައިފިނަމަ އޮންނަނީ ޤަބޫލުކުރެވިފައެވެ. ބޮޑެތި ޢަދަދުތައް ހުށަހެޅީމާ އެއީ ފާފައެއް ކަމަކަށް ނުބުނެވެއެވެ. އެއީ އޭނާގެ ދީލަތިކަންކަމަށް ކަމަށްބުނެ އަވަސްއަވަހަށް ބަލައިގަނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ޤުރައިޝުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުށަނާޅަނީ ކޮންއެއްޗެއް ހެއްޔެވެ؟ އެންމެ ތަނަވަސް މީހަކަށް ހަދައިދޭން ހުށަހެޅިއެވެ. އެމީހުންގެ ވެރިކަން ދޭން ހުށަހެޅިއެވެ. ބޭނުންފުޅުވަރަކަށް އަނބިންދޭން ހުށަހެޅިއެވެ. 

ޖަވާބުގައި ވިދާޅުވީ ކީކޭކަން އެނގޭ ނޫންހެއްޔެވެ؟ ވިދާޅުވީ އެއް އަތްޕުޅަށް ދުނިޔެ ލައްވަވައި ދެއްވެވި ނަމަވެސް ﷲ ތަޢާލާގެ މަގުގައި ދީނަށް ގޮވާލެއްވެވުން ހުއްޓަވައި ނުލައްވަވާނެ ކަމަށެވެ. 

މީސްތަކުންނޭވެ! އިބްލާޙްކުރާށެވެ! އިޞްލާޙްވާށެވެ! ބިރުވެތިވާށެވެ! ރިޝްވަތު ހިފުމާއި އަދި ރިޝްވަތު ދިނުމަކީވެސް ތިމާގެ ދިރިއުޅުން ހަލާކުވެ ތިމާއަށާއި އަނބިދަރިންނަށްވެސް ނަރަކައަށް ވަންނަން ޖެހިދާނެކަމެކެވެ. އެއީ ކާކު ބޭނުންވާނެ ގޮތެއް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން