ކަންކަން ކުރަން އޮތް ރަނގަޅު ގޮތް ދަސްކުރުމުން ދިރިއުޅުމަށް ކުރާ ފައިދާ ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކަންކަން ކުރަން އޮތް ރަނގަޅު ގޮތް ދަސްކުރުމުން ދިރިއުޅުމަށް ކުރާ ފައިދާ ވަރަށް ބޮޑުވާނެ!

ބައެއް ބޭކަލުން ޙަދީޘް ޢިލްމް އުނގެނިވަޑައިގަންނަވަން 10، 12 އަހަރު ޢިލްމުވެރިންގެ ގާތުގައި ހޭދަކުރެއްވެވުމަށްފަހުގައިވެސް އެންމެ ޙަދީޘްފުޅެއް ހާމަނުކުރައްވަވައި އެބަ ތިއްބެވިއެވެ. އެއިގެ ތެރެއިން ޢިލްމަށް އަރައި ހުންނެވި ބޭކަލަކު ވިދާޅުވެފައިވެއެވެ. 

"12 އަހަރު ހޭދަކުރެވުނުއިރު އެންމެ އިމާމް ބަޔާންކުރެއްވެވި އެންމެ ޙަދީޘްފުޅެއްވެސް ނޯޓް ނުކުރައްވަވަމެވެ. ނަމަވެސް އިމާމް ކުރެއްވެވި ކަންކަމާއި އެކިއެކި ކަންކަމާއި ގުޅިގެން ވިދާޅުވި ބަސްފުޅުތަކާއި ޢަމަލުކުރެއްވެވި ގޮތް ވަރަށް ރަނގަޅަށް ހިތުގައި ނޯޓްކުރެއްވީމެވެ." 

މިފަދަ މޭރުމުން ޢަމަލުކުރެއްވެވި އެތައް ބައިވަރު ބޭކަލުން އެބަތިއްބެވިއެވެ. އަދި އެބޭކަލުން ވެވަޑައިގެންފައިވަނީ އެންމެ ބޮޑެތި ޢިލްމުވެރިންނަށެވެ. އިސްލާމީ އުންމަތަށް ނުހައި ގިނަ ފައިދާތައް ހޯއްދަވައި ދެއްވި ބޭކަލުންނަށެވެ. 

ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ކޮންމެ މީހަކަށް ފޮތުގެ ޢިލަމުވެރިއަކަށް ނުވެވިދާނެއެވެ. އަދު މުޖުތަމައުއަށް ބޭނުންވަނީވެސް ހަމައެކަނި ފޮތުގެ ޢިލްމުވެރިންނެއް ނޫނެވެ. ފޮތުގެ ޢިލްމުވެރިންފަދައިން ޙިލްމުވެރިންވެސް ބޭނުންވެއެވެ. ހެޔޮ ގޮތުގައި ކަންކަން ކުރާ މީހުންނާއި ހެޔޮ ގޮތުގައި ކަންކަން ކުރަން ދަސްކޮށްދޭ މީހުންވެސް ބޭނުންވެއެވެ. 

ފޮތުގެ ޢިލްމްވެރިން އަދާކުރާ ވަޒީފާގައި ކިޔާ ނަން ރީތިވެދާނެއެވެ. ނަމަވެސް ރަނގަޅު ބޮޑު މުސާރަ ލިބޭނީ ޙިލްމްވެރިންނަށެވެ. މަސައްކަތްތެރިންނަށެވެ. ވީމާ ބުނެލަން ބޭނުންވަނީ ހަމައެކަނި ފޮތުން ޢިލްމް އުނގެނުމަކުން ނުފުދޭނެއެވެ. ކަންކަމުގައި އަމަލުކުރާނެ ގޮތްވެސް އެބަ ދަސްކުރަންޖެހެއެވެ. ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ޢިލްމް ފަދައިން ޙިލްމްވެސް ބޭނުންވެއެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން