ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރއްޤީ ކުރި އައު ރަންވޭ އެޅުމުގެ މަސައްކަތްތައް ނިމިފައި އޮތް ނަމަވެސް އަދި އޮތީ ރަންވޭ ބޭނުންކުރެވޭނެ ގޮތަކަށް ނޫން ކަމަށް ޓްރާންސިޝަނަލް ކޮމިޓީން ބުނެފިއެވެ.
ނުސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލްޔާސް ލަބީބް މިއަދު ވިދާޅުވީ އަު ރަންވޭ ބޭނުންކުރަން ފޭށޭނީ ސީޕްލޭން ޓަރމިނަލް ގެ މަސައްކަތްތައްވެސް ނިމިގެން ކަމަށާއި އެމަސައްކަތްތައް ނިމޭނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އެހެން ކަމާއިއެކުވެސް މިއަހަރުގެ ސީޒަންގައި އައު ރަންވޭގެ ބޭނުން ނުކުރެވިއްޖެ ނަމަ ވަރަށް ދަތިވާނެ ކަމަށެވެ.
އިލްޔާސް ލަބީބް ވިދާޅުވީ ކުރިން ބޭނުންކުރަމުން އައި ރަންވޭ ރީސަރފަސް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ދަށް ފެންވަރެއްގައި ކަމަށްވުމުން މިހާރުވެސް ޖެހެނީ އެ މަސައްކަތް ކުރަން ކަމަށެވެ. އަދި މިހާރުވެސް ގެންދަނީ ޕެޗްއަޅަމުން ކަމަށާއި މިއީވެސް އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މީގެ އިތުރުން އަލަށް އަޅާ ފަސިންޖަރު ގިމަތައިގެ މަސައްކަތް މިހާރުވެސް ވަނީ ހުއްޓިފައި ކަމަށާއި އެތަން ނުނިމި އެއާޕޯޓުގެ ބޭނުން ނުހިފޭނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.