ތަނަވަސްކަން ބޭނުންވެގެންވެސް އަދި ދަރިން ދެއްވެވުން އެދިވެސް ފުރަތަމަ ކުރަންޖެހޭ ކަންކަން- ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތަނަވަސްކަން ބޭނުންވެގެންވެސް އަދި ދަރިން ދެއްވެވުން އެދިވެސް ފުރަތަމަ ކުރަންޖެހޭ ކަންކަން- ޤުރްއާނުން!

"ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިއަބައިމީހުންގެވެރި ރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުން އެދި ތިއަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ." (ނޫޙް: 10) 

"އަދި މުދާތަކާއި ދަރިންގެ ގޮތުން، އެކަލާނގެ ތިއަބައިމީހުންނަށް މަދަދު ކުރައްވަވާނެތެވެ. އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ބަގީޗާތައް ދެއްވަވާނެތެވެ. އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވަވާނެތެވެ." (ނޫޙް: 11) 

10 ވަނަ އާޔަތުން އެނގިގެންދަނީ ފާފަފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމުން ފާފަފުއްަވައި ދެއްވަވަވާނެ ކަމެވެ. 11 ވަނަ އާޔަތުން އެނގިގެންދަނީ ތައުބާވެ ތަޤްވާވެރިކަން އިތުރުކުރުމުން މުދަލާއި ދަރިން ދެއްވަވާނެތެވެ. ކޯރުތައް ލެއްވެވުމަކީ ރިޒްޤް ތަނަވަސްކޮށް ދެއްވެވުމެވެ. 

ވީމާ އަހަރެމެންނަށް ރިޒްޤް ތަނަވަސްކޮށްދެއްވަވަން އެދެންވެސް އަދި ދަރިން ދެއްވެވުމަށް އެދެންވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތައުބާވުމާ ތަޤްވާވެރިވުން ގިނަކުރުމެވެ. 

މީގެމާނައަކީ އެ ނިޢްމަތްތައް ޙާޞިލުކުރަން ތިމާއަށް ކުރެވެން ހުރި މަސައްކަތްތައް ނުކުރުމެއް ނޫނެވެ. ދުޢާކުރުން އޮތީ ތިމާއަށް ކުރެވެންހުރި މަސައްކަތްތައް ކުރަމުންނެވެ. 

އަހަރެމެންގެ ތެރެއިން އެއްބައަކު މިއުޅެނީ ތަނަވަސްކަން ނުލިބިގެންނެވެ. އަނެއް ބައަކު މިއުޅެނީ ދަރިންނުލިބިގެންނެވެ. ނަމަވެސް މަދުމީހަކަށް ނޫނީ މިކަންކަން ޙާޞިލުކުރަން ޤުރްއާނުގައި އޮތް މަގުން ޢަމަލެއް ނުކުރެވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން