ޑރ. މުއިއްޒުގެ ނަމުގައި ފޭކު މެސެޖުތަކެއް ދައުރުކާ މައްސަލަ ބަލަން ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޑރ. މުއިއްޒުގެ ނަމުގައި ފޭކު މެސެޖުތަކެއް ދައުރުކާ މައްސަލަ ބަލަން ގޮވާލައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ފޭކު އެސްއެމްއެސްތަކެއް ދައުރުކުރަމުންދާ ކަމަށާއި، އެ މައްސަލަ ބެލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޑރ. މުއްޒުގެ ނަންފުޅުގައި އެ މަނިކުފާނުގެ މޮބައިލް ނަންބަރުން ހަގީގަތާ ހިލާފު ތަފާތު އެކިއެކި އެސްއެމްއެސްތައް ދައުރުކުރަމުންދާ ކަމަށެވެ.

"މި ކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު އަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް އަމަލު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. ނާތަހުޒީބު ފިނޑި މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެ ޕާޓީން ވަނީ ޑރ. މުއިއްޒުގެ ނަންފުޅުގައި އެގޮތަށް ދައުރުކުރަމުންދާ އެސްއެމްއެސްތަކުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި އެ ކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.

މިއަދު އޮންލައިން