މަސައްކަތުގެ މާޙައުލުގަ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ 3 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަސައްކަތުގެ މާޙައުލުގަ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ 3 ކަމެއް!

ވަޒީފާއަދާކުރާއިރު މަސައްކަތުގެ މާޙައުލުގައި އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ 3 ކަމެއް ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ އެކުގައި މަސައްކަތްކުރާ މީހުންނަކީ އެންމެ ގާތް އެކުވެރިންކަމުގައި ބަލައި އިމެއް ނެތި އިތުބާރު ނުކުރާށެވެ! އެއިން ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ފައިދާއަށްޓަކައި ކޮއްޕައި ތިބާ ވައްޓާލައިފާނެ މީހަކުކަން ދަންނަންވާނެއެވެ. 

ދެވަނަ ކަމަކަށް ތިބާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެކުގައި މަސައްކަތްކުރާ މީހުންނަށްވެސް ކިޔައިނުދޭށެވެ. ދިރިއުޅުމުގައި ލިބޭ ކާމިޔާބީ އާއި ކުރިއަށް ކުރަން ރާވާ ކަންކަމުގެ ވާހަކަ އެއްގޮތަކަށްވެސް ކިޔައިނުދޭށެވެ. ގިނަވާނީ އަނެކާ ކުރިއަރައި ދާން ނުއެދޭނެ މީހުންނެވެ. ވީމާ ދޮގުތުހުމަތާއި އިލްޒާމްތައް އަޅުވައި ތިބާގެ ކުރިއެރުން ހުއްޓުވަން މަސައްކަތްކުރާނެ ބައަކުވެސް ތިބޭނެއެވެ. 

ތިންވަނަ ކަމަކަށް މަސައްކަތްކުރާ ތަނުގެ ޤަވާއިދު ނުވަތަ ޕޮލިސީއާއިމެދު ހިތްހަމަނުޖެހިގެން ހަމަ އެކެއްގެ ގާތުގައިވެސް ވާހަކަނުދައްކާށެވެ! އެފަދަ ޥާހަކަތަކަކީ ކޮންމެ ވަޤުތަކުވެސް ތިބާ އާއި ދެކޮޅަށް ބޭނުންކޮށްފާނެ ހަތުޔާރެކެވެ. އެއިރުން އެކަން ވާނީ ވަޒީފާ ގެއްލިދާނެ ސަބަބަކަށެވެ. 

- އަލަފް

މިއަދު އޮންލައިން