ސޯޝަލް މީޑިއާއިން ފެންނަ އެއްހާސް ފޮޓޯއަށް ލައިކްކުރުމަށްވުރެ އަނބިމީހާއަށް ބުނެލާ ތަޢްރީފްގެ އެންމެ ބަހަކުން ކުރާނެ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ސޯޝަލް މީޑިއާއިން ފެންނަ އެއްހާސް ފޮޓޯއަށް ލައިކްކުރުމަށްވުރެ އަނބިމީހާއަށް ބުނެލާ ތަޢްރީފްގެ އެންމެ ބަހަކުން ކުރާނެ ފައިދާ މާބޮޑުވާނެ!

މިއަދު އެންމެންހެން ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވެއެވެ. އެކިމީހުން އެކިވަރަށެވެ. ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންނަކަށް ނުއެނގެއެވެ. ނަމަވެސް ދިރާސާކުރާ މީހުން ބުނާ ގޮތުގައި އެންމެ ގިނަ ބައަކު ކުރާކަމަކީ ރީތި އަންހެނުންލާ ފޮޓޯތަކާއި ވީޑިއޯތަކަށް ލައިކްކުރުމެވެ.  

އެހެންކަމަށްވާނަމަ ގިނަވާނީ ފިރިހެނުންތާއެވެ. އެހެންކަމަށްވާނަމަ އެމީހުން އެކޮމެންޓްކުރަނީ ފެންނަ ފޮޓޯތަކަށެވެ. މަންޒަރަށެވެ. އަޞްލު މީހާ ނުވެސް ފެނިހުރެއެވެ. މިހިސާބުން އަހުރެންގެ ސުވާލަކީ ތިބާގެ އަނބިމީހާ ތިބާއަށްޓަކައި ރީތިވެ ނަލަހެދިގެން ހުއްޓައި ތިބާގެ ލޮލަށް ފެނުމުން ތަޢްރީފްގެ ބަހެއް ނުބުނަނީ ކީއްވެގެން ހެއްޔެވެ؟  

ބައެއް އަނބިންނަކީ ސޯޝަލް މީޑިއާއަށް ފޮޓޯލައި އުޅޭ ބައެއް ނޫނެވެ. އެއީ އެމީހުންނަށްވެސް ނުލެވޭނެތީއެއް ނޫނެވެ. ފިރިމީހާ ނޫން މީހަކަށް އެމީހުންގެ ރީތިކަން ނުވަތަ ސިފަ ދައްކަން ބޭނުންނުވާތީއެވެ. އެމީހުން ތިބޭނީ ފިރިމީހާގެ ކިބައިން ތައްރީފްގެ ބަހަކަށް އިންތިޒާރުކޮށްގެންނެވެ. އެކަމަށް އިންތިޒާރުކޮށްގެން ތިބޭއިރު ފިރިމީހާގެ ކިބައިން އެފަދަ ބަހެއް ނުލިބޭނަމަ މާޔޫސްވެ ދެރަވާނެ މިންވަރަށް ވިސްނައިލާށެވެ.  

ދެމަފިރިން އެކަކު އަނެކަކަށް ޝުކުރުއަދާކުރުމާއި ތަޢްރީފްކުރުމަކީ ދެމީހުންގެ މެދުގައި މައްސަލަތައް މަދުވެ ލޯބިއިތުރުވެގެންދާ ކަމެކެވެ. އަދި ގުޅުންބަދަހިވެގެންދާ އެންމެ ބޮޑު އެއް ސަބަބެވެ.  

އަހުރެންނަށް ފެންނަ ގޮތުގައި ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކަށް ލައިކްކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ ކުރެވޭ ބޭކާރު ކަމެކެވެ. އެއިގެ ބަދަލުގައި ތިމާގެ އަނބިމީހާއަށް ތައްރީފްގެ ބަހެއް ބުނެލުމަކީ އެކަމުން ތިމާގެ ޒަވާޖީ ޙަޔާތަށް ބޮޑު ފައިދާކުރާނެ ކަމެކެވެ.  

- އަލަފް

މިއަދު އޮންލައިން