ނާސާގެ ސައިންސްވެރިން ޖައްވުން ރެކޯޑް ކުރި އަޑު ދިރާސާކޮށް ޢާންމުކުރުމުގައި ބައިވެރިވި ބައެއް ސައިންސްވެރިން އެއަޑާއިބެހޭގޮތުން ބުނެފައިވަނީ އެއީ ބިލިއަން މީހުން އެއްފަހަރާ އެއްޗެއްކިޔާއަޑު ކަމަށެވެ!
އެބަސް އެއީ ތެދެއްކަމަށް ޤަބޫލުކުރެވޭ ހެކިތައް ޙަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ. މިފަދަ އަޑުފުޅުތައް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިވިވަޑައިގެންނެވިކަން އެނގެން އެބައޮތެވެ. "ތިއަބައިމީހުންނަށް ނުފެންނަ ތަންތަން ތިމަން ކަލޭގެފާނަށް ފެނިވަޑައިގަންނަވައެވެ. ތިއަބައިމީހުންނަށް ނުއިވޭ އަޑުތައް ތިމަން އިވިވަޑައިގަންނަވައެވެ." އޮތް ޙަދީޘްފުޅުންނެވެ.
އުޑުތަކުގައި ތިއްބަވާ މަލާއިކަތުންގެ ޢަދަދު ނުއެނގުނު ނަމަވެސް އެއީ ވަރަށް ގިނަ ޢަދަދެއްކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. އެބޭކަލުން ސަޖިދައިގައި ތިއްބަވާކަމާއި ތަސްބީޙްވިދާޅުވަމުން ގެންދަވާކަމާއި އެކަން މެދުކެނޑިގެންދާ ހިނދުކޮޅެއްވެސް ނުއަންނަކަންވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން
ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އަހުރެމެން ޛިކުރުކޮށް ތަސްބީޙްކިޔުން ގިނަކުރިވަރަކަށް އަހުރެމެންނަށް ޘަވާބުދެއްވަވަތެވެ. ދަރަޖަ މަތިވެރިކުރައްވަވަތެވެ. އަދި ހަމައެކަކު އެކަންކަން ނުކުރިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އުނިވާނެ އެއްވެސް ކަމެއް ނެތެވެ. ވީމާ ޛިކުރުކޮށް ތަސްބީޙްކިޔުން ގިނަކުންވީ އެމީހަކަށް ފައިދާއަށެވެ.