ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލަން އަމިއްލަފުޅު ހައިސިއްޔަތުންވެސް މަސައްކަތްޕުޅު ކުރައްވާނެކަމަށް ޑރ. މުއިޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ކޮރަޕްޝަން އިންޑެކްސް އުޅެނީ 124 ގައި ކަމަށާއި މިހާރުގެ ސަރުކާރުގައި އެ ޢަދަދު ވަނީ 86 އަށް ދަށްކުރެވިފައިކަމުން ޑރ. މުޢިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންދަށް ކުރުމާގުޅޭގޮތުން ކުރި ސުވާލަކަށް ޖަޒީރާ ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.
ދިވެހިރާއްޖޭގައި ކަރަޕްޝަން މަދުނުކުރެވެނީ އަދި ގައުމުގެ އެސެޓް ރިކަވަރ ނުކުރެވެނީ ޤާނޫނެއް ނެތިގެން ނޫންކަމަށާއި ޢިހުލާސްތެރި ހިތަކުން މަސައްކަތްކުރާނެ ބަޔަކު ނެތިގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނިމިގެން މިދާ ސަރުކާރުން އެސެތް ރިކަވަރީއަށް ކުރި ަމސައްކަތެއް ފެންނަން ނެތްކަންވެސް ފާހަގަކުރެއްވިއެވެ.
"ކޮންމެހެން އައު ޤާނޫނުތަކެއް ނުހެދިނަމަވެސް ކޮރަޕްޗަން މައްސަލަތައް ބެލޭނެ ވަރަށް ޤާނޫނުތައް އެބަހުރި. ބަލާނަން!"
މީގެ އިތުރުން ޑރ. މުއިއްޒު ފާހަގަ ކުރެއްވީ މި ޤައުމު ޒިންމާދާރު އަދި ހަރުދަނާ ޤައުމަކަށް ހެދުމަށްޓަކައި ސަރުކާރުގެ ކޮންމެ އޮފީހެއްވެސް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ބައްލަވާނެ ކަމަށާއި ކަރަޕްރަޝާނާއި ގުޅޭ މައްސަލަތަކުގައި ގުޅުންހުރި މީހުން އެކައުންޓަބަލް ކުރެވޭނެކަމަށެވެ.
ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސް ތައްޔާރުކުރަނީ އެމީހުން ހޯދާ މައުލޫމާތުން ކަމަށްވާއިއރު ނިމިގެން މިދާ ސަރުކާރާއިމެދު ޞައްހަ މަޢުލޫމާތު ހޯދައިފިނަމަ އިންޑެކްސްގެ އެންމެ ފުލަށް ވެއްޓިގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.