އެކްއެކްސް އެކްސްޓެންޓްއެކްޝަންގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެގެންދިއަ ލަވަކިޔުންތެރިޔާ ﷲ ތަޢާލާއަށް ގޮންޖެހިއެވެ. އޭނާއަށް މަޝްހޫރުކަން ލިބުނުވަރުން އޭނާގެ ޙައިޞިއްޔަތު އޭނާއަށް އޮޅި އެއް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެން އޭނާއަށް އަޅުކަންކުރަންފަށާނެކަމަށް އޭނާއަށް ބުންޏެވެ.
ކުޑަދުވަސްކޮޅެއް ފަހުން ފަހުން އޭނާއަށް ބައަކު ޙަމަލާދިނެވެ. އޭނާގެ އަތުގައި އޮތް ގިނަ އަދަދެއްގެ ފައިސާތައް ހުރި ދަބަހެއް ފޭރިގަތެވެ. ބަޑިޖަހައި މަރާލިއެވެ. އެކަންކުރި މީހުން ހައްޔަރުކޮށް އަދަބުވެސް ދިނެވެ.
މިހުންނަނީ ވިސްނައިލުން މުހިންމު ކަންކަމެވެ. ތިމާއަށް މަޝްހޫރުކަމެއް ލިބުނަސް ތަނަވަސްކަމެއް ލިބުނަސް އަދި ކިތަންމެ މަތީ މަޤާމެއް ލިބުނަސް ބަސްތައް ބުނަންވާނީ ވިސްނުންތެރިކަމާއިއެކުގައެވެ.
ކުފުރުގެ ބަސްތަކާއި އެހެންވެސް ނުބައި ބަސްތައް ބުނުމުން ދުރުހެލިވާންވާނެއެވެ. ތިމާއަށް ނިޢުމަތްތައް ދެއްވެވި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން ދުރުހެލިވެގެންނުވާނެއެވެ. ޝުކުރުވެރިވުން ގިނަކުރަންވާނެއެވެ.
މިވާހަކަ ފާހަގަކޮށްލުމުގެ ބޭނުމަކީ ގިނަބައެއްގެ ރުހުމާއި ތާއީދު ލިބެން ފެށުމުން ތިމާއަށް ތިމާގެ ޙައިޞިއްޔަތު އޮޅި ދުލުން ނުބައި ބަސްތައް ނުވަތަ ބުނެގެން ނުވާނެ ބަސްތައް ބުނެވުން ގިނަވަމުން އަންނާތީ އެފަދަ މީހުންނަށް ނަޞޭޙަތެއްގެ ގޮތުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން