ޞިޙުރުވެރިން ބުނާ ކަންކަން ކޮށްދިނުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. ޞިޙުރުވެރިން ބުނާ ކަންކަން ކޮށްދިން ނަރުހެއްގެ ވާހަކަ އެއީވެސް މަޝްހޫރުވާހަކައެކެވެ.
ބުނެވޭގޮތުން އެނަރުހަކީ މީހުން މަރުވުމުން، ސިޙުރުވެރިންދޭ ތަކެތި އެމައްޔިތުންގެ އަނގައަށް ލައްވައިދީ އުޅުނު ނަރުހެކެވެ. ބެލެވޭ ގޮތުން އެއީ ތަވީދެއް ފަދަ އެއްޗެކެވެ.
އޭނާ ޙައްޖަށް ދިއައެވެ. އެކަމަކު އޭނާގެ ލޮލަކަށް ޙަރަމްފުޅެއް ނުފެނުނެވެ. އޭނާ މަރުވުމުން ވަޅުލާން އުޅެއުޅެ އެކަމެއްވެސް ނުކުރެވުނެވެ. އެންމެފަހުން އެމީހުން ނިންމީ ހަށިގަނޑު، ވަޅުގަނޑުގައި ބާއްވާފައި ދިއުމަށެވެ. އެންމެން ދާންފެށުމުންވެސް އޭނާގެ ދަރިފުޅު އެތަނުގައި ހުއްޓެވެ.
އެވަޤުތު ހުދުހެދުމެއްގައި ހުރި މީހަކު އޭނާގެ ގާތުގައި އެތަނުން ދިއުމަށާއި ފަހަތް ނުބެލުމަށް ބުންޏެވެ. އެކުއްޖާ ހިނގައިގަނެފައިވެސް ފަހަތް ބަލައިލެވުނެވެ. އެވަޤުތަކީ މަތިން ވިދުވަރެއް ފަދައިން އަލިފާން ފައިބައި އޭނާގެ ހަށިގަނޑު އަންދައިލި ވަޤުތެވެ. އެކުއްޖާގެ ގައިންވެސް ބައެއް ފިހުނެވެ. އެއީ ފަސްއެނބުރި ބެލީތީއެވެ.
މިބާވަތުގެ އެތައް ކަންތައްތަކެއް ދަނީ ފެންނަމުންނެވެ. އަހުރެމެންނަށް އޮތީ ޢިބްރަތް ޙާޞިލްކުރުމެވެ. ޞިޙުރުވެރިއަކު ބުނާ އެއްވެސް ކަމެއް ނުކުރާށެވެ. ތިމާއާއި ގުޅުންހުރިކަމެއްގައިވެސް އަދި ގުޅުން ނެތް ކަމެއްގައިވެސް ނުކުރާށެވެ. ﷲ ތަޢާލާގެ ކޯފާ ލައްވަވާނީ ކޮންވަޤުތަކު ކޮންގޮތަކަށް ކަމެއް ނުއެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން