އެންމެ ބޮޑު ކަންބޮޑުވުމަކީ މަރުވާންޖެހުން ނުވަތަ މަރުވެދާނެކަން ކަމަށް ހަދައި މަރަށް ބިރުން އުޅޭމީހުންނަށް މުފްތީ މެންކުގެ ޚާއްޞަ މެސެޖެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެންމެ ބޮޑު ކަންބޮޑުވުމަކީ މަރުވާންޖެހުން ނުވަތަ މަރުވެދާނެކަން ކަމަށް ހަދައި މަރަށް ބިރުން އުޅޭމީހުންނަށް މުފްތީ މެންކުގެ ޚާއްޞަ މެސެޖެއް!

އެންމެ ބޮޑު ކަންބޮޑުވުމަކީ މަރުވާންޖެހުން ނުވަތަ މަރުވެދާނެކަން ކަމަށް ހަދައި މަރަށް ބިރުން އުޅޭ ބައަކު އުޅެއެވެ. އެމީހުންނަށް ބުނެލަން އޮތް ވާހަކައެއް އެބައޮތެވެ. 

އެންމެ ބޮޑު ކަންބޮޑުވުމަކީ މަރުވާންޖެހުން ނުވަތަ މަރުވެދާނެކަން ކަމަށް ހަދައި މަރަށް ބިރުން އުޅޭނަމަ އެމީހަކީ ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި އީމާނެވެގެން ހުރެވޭ މީހަކަށް ނުވާނެއެވެ. އެހެނީ އަހުރެމެން ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. 

އަދި ކޮންމެ މީހަކުވެސް ދަނީ މަރުވަމުންނެވެ. އެކަމުން އެނގެނީ ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަމެވެ. މަރުނުވާނެ އެކަކުވެސް ނުހުންނާނެ ކަމެވެ. ވީމާ ތިމާވެސް މަރުވާނެކަން ޔަޤީންވާއިރު މަރުވާނެތީ ބިރު ގަތުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

ބިރުގަންނަންވީ މަރުވާނެތީއެއް ނޫނެވެ. މަރަށް ތައްޔާރު ނުވެވި ހުއްޓައި މަރުވެދާނެތީއެވެ. މަރަށް ތައްޔާރުވުމަކީ އަބަދުވެސް ތައުބާވުންމަތީގައި ހުރުމެވެ. އަބަދުވެސް ހެޔޮ ޢަމަލުތައް ކުރަމުން ގެންދިއުމެވެ. ފާފައަކަށް އަރައި ނުގަނެ ހުންނަން މަސައްކަތްކުރުމެވެ. 

އެގޮތުގައި ހުއްޓައި ކޮންމެ ވަޤުތަކު ތިބާ މަރުވިނަމަވެސް ތިބާ ވާނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުގައެވެ. ކައްވަޅުގައިވެސް ތިބާވާނީ އުފަލުގައެވެ. ޤިޔާމަތް ދުވަހު ތިބާވާނީ ސުވަރުގޭގައެވެ. އިން ޝާ ﷲ 

ވީމާ އަހުރެމެންނަށް އޮތީ މަރުވެދާނެތީ ބިރުން އުޅުމެއް ނޫނެވެ. މަރުވުމުން އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ލިބޭނެ ގޮތަށް އުޅެން މަސައްކަތްކުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން