ޤިޔާމަތާ ހަމައަށް އަނގައިގެ އެއް ކަންމިޔައަށް ބުޅިގަނޑެއްހަރައި އެބުޅިގަނޑުން އޭނާގެ ބޮލުގެ ފުރަގަހާއި ހަމައަށް އެކުގައި ކަފައިލެވޭނެ މީހާ-: ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޤިޔާމަތާ ހަމައަށް އަނގައިގެ އެއް ކަންމިޔައަށް ބުޅިގަނޑެއްހަރައި އެބުޅިގަނޑުން އޭނާގެ ބޮލުގެ ފުރަގަހާއި ހަމައަށް އެކުގައި ކަފައިލެވޭނެ މީހާ-: ޙަދީޘުން

"އަނގައިގެ އެއް ކަންމިޔައަށް މީހަކު ބުޅިގަނޑެއްހަރައިލައެވެ. އެބުޅިގަނޑުން އޭނާގެ ބޮލުގެ ފުރަގަހާއި ހަމައަށް އެކުގައި ކަފައިލައެވެ. އަނެއްފަޅިއަށް ވެސް ހަދަނީ ހަމަ އެގޮތަށެވެ. އަނގައި ބުޅުގަނޑު ލައްވާފައި ބޮލުގެ ފުރަގަހާއި ހަމައަށް ކަފައިލަނީއެވެ. އެއިރު ކުރިން ކަފައިލި ފަޅި އޮންނަނީ އިޢާދަވެފައެވެ. އަނެއްކާވެސް އެފަޅި ކަފައިލަނީއެވެ. އެކަން ދިއައީ ތަކުރާރުވަމުންނެވެ." 

މިއީ ރަސޫލް އަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވިކަން ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ. 

"އެއީ ދޮގުހަދައި ދޮގު ފެތުރި މީހާއެވެ. ދޮގު މައުލޫމާތު ފަތުރައި މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދި މީހާއެވެ. ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި އެމީހާއަށް ދާނީ އެފަދައިން ޢަޛާބު ލިބެމުންނެވެ." މިއީ އެއީ ކާކުކަން ބަޔާންކުރައްވަވައި މަލާއިކަތުން ރަސޫލް އަސް ދެންނެވި ބަސްފުޅެވެ.  

ސުވާލަކީ މިކަންކަން ކުރަން އަހަރެމެން މިއަދު އެބަ ބިރުގަންނަމުހެއްޔެވެ؟ ބިރުނުގަނެވޭއިރު ޙައްޤު ބަސް ބުނުމުން އެއީ ފިތުނަ އުފެއްދުންކަމަށް ހަދަން މިއަދު މިދަނީ މަސައްކަތްކުރެވެމުންނެވެ. ތިމާ ނުރުހޭ ބަހެއް މީހަކު ބުނެފިނަމަ އެބަހުގެ ޙަޤީޤަތަކީ ކޮބައިކަންވެސް ބަލަން ބޭނުމެއް ނުވެއެވެ. ބަސްބުނި މީހާއަށް ނުކުރާ ފުރއްސާރައެއް ނެތެވެ. 

މީސްތަކުންނޭވެ! ބިރުވެތިވާށެވެ! އަހަރެމެން ކޮންމެ މީހަކީވެސް ހަމަ މަރުވާނެ މީހެކެވެ. ޢަޛާބު ލިބުން ޙައްޤު މީހަކު ނަމަ މަރުވުމުން އެމީހަކަށް ޢަޛާބު ލިބެން ފަށައެވެ. ސަލާމަތްކަން ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން