ހުކުރުވިލޭރޭ ދަމުނަމާދުކުރަން ޚާއްޞަ ނުކުރާށެވެ!- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ހުކުރުވިލޭރޭ ދަމުނަމާދުކުރަން ޚާއްޞަ ނުކުރާށެވެ!- ޙަދީޘް

ހުކުރުވިލޭރޭ އެކަނި ދަމުނަމާދުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެހެން ރޭރޭ ނުކުރެވޭ މީހަކަށް ނަމަ— 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

މިހާރަކަށް އައިސް ބައެއް މީހުންނަށް ނުއެނގިނަމަވެސް ހުކުރުވިލެރޭ ދަމުނަމާދުކުރަން އެބަ ޚާއްޞަ ކުރެވެއެވެ. އެއީ ހުކުރު ދުވަހަކީ ބަންދު ދުވަހަކަށްވުމުން ބޭނުންހައި އިރެއް ވަންދެން ނިދާލެވޭތީއެވެ. ނަމަވެސް އެއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ. 

وَعَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-   عَنِ النَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( لَا تَخْتَصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي، وَلَا تَخْتَصُّوا يَوْمَ الْجُمُعَةِ بِصِيَامٍ مِنْ بَيْنِ الْأَيَّامِ، إِلَّا أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ))  رَوَاهُ مُسْلِمٌ  .

أَبُو هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. 

"ރޭތަކުގެތެރެއިން ހުކުރު ވިލޭރޭ ދަމުނަމާދުކުރުމަށް ޚާއްޞަ ނުކުރާހުށިކަމެވެ. އަދި ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ރޯދަ ހިފުމަށް ޚާއްޞަ ނުކުރާހުށިކަމެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން މީހަކު (ހުކުރު ދުވަހުގެ ކުރިން ފެށިގެން) ހިފަމުން އައި ރޯދައެއްގައި މެނުވީއެވެ."

ރިވާކުރެއްވީ الإِمَامُ مُسْلِم 

(ހުކުރު ދުވަހު އެކަނި ރޯދަހިފުމެއް ނެތެވެ. ބުރާސްފަތި-ހުކުރު ނުވަތަ ހުކުރު ހޮނިހިރުގައި ރޯދަހިފާށެވެ! މާނައަކީ ހުކުރު ދުވަހު އެކަނި ރޯދަ ނުހިފާށެވެ! ހުކުރު ދުވަހު ރޯދަ ހިފާނަމަ ގުޅުވައިގެން އެއްދުވަސްކުރިއަށް ނުވަތަ އެއް ދުވަސް ފަހަތަށް ރޯދަހިފާށެވެ!) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން .

 

މިއަދު އޮންލައިން