ރޯދަ ހިފުމުންނާ ޤުރްއާން ކިޔަވައި ޢަމަލުކުރުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރި ނިޢްމަތް- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ރޯދަ ހިފުމުންނާ ޤުރްއާން ކިޔަވައި ޢަމަލުކުރުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރި ނިޢްމަތް- ޙަދީޘުން

ރޯދަ އާއި ގުރްއާން އޭގެ އަހްލުވެރިންނަށް ގިޔާމަތް ދުވަހުގައި ޝަފާޢަތްތެރިވެއެވެ.

ރޯދަ ދަންނަވާނެއެވެ!

ހައްދަވާގެންގުޅުއްވާ އިލާހްއެވެ. ދުވާލުގެ ވަގުތުގައި ޝަހްވަތްތަކާއި ކެއުންބުއިމުން އޭނާ މަނާ ކުރީ ތިމަންނާއެވެ. ތިމަންނާގެ ޝަފާޢަތް އޭނާ އަށް ދެއްވާށެވެ!  

ގުރްއާން ދަންނަވާނެއެވެ.

ހައްދަވާގެންގުޅުއްވާ އިލާހްއެވެ!އޭނާ އަށް ރޭގަނޑުގެ ނިދި މަނާކުރީ ތިމަންނާއެވެ. ތިމަންނާގެ ޝަފާޢަތް އޭނާ އަށް ދެއްވާފާންދޭވެ!

ވީމާ ޤިޔާމަތްދުވަހު ޤުރްއާނާއި ރޯދަ އެމީހަކަށް ޝަފާޢަތްތެރިވާނެއެވެ

ޙަދީޘް ރިވާ ކުރެއްވެވީ: އިމާމް އަޙްމަދު ރަޙިމަހުالله.

 

 

މިއަދު އޮންލައިން