ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއިންދަށުން ދިވެހިރާއްޖޭގައި ހިންގުނު ޕްރޮޖެކްޓްތަކަކީ ރާއްޖޭގެ ތަރައްގީއަށް ހިންގުނު މުހިއްމު މަސައްކަތްތަކެއްކަމަށް އިންތިހާބީ ރައީސް ޑރ. މުއިޒު ވިދާޅުވެއްޖެއެވެ.
އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ މިހާތަނަށް ރާއްޖޭގައި އިމާރާތްކުރެވުނު އެންމެ ވަރުގަދަ ތަރައްގީގެ ބިނާކަމަށާއި އެއީ މާލެއާއި ހުޅުމާލެ ގުޅުވާލާ އިގްތިސާދީ ދުވެލި މުޅިން އާ މިސްރާބަކަށް ގެންދެވުނު މަސައްކަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ ޗައިނާގެ ނޫހެއްކަމަށްވާ ޒިންހުވާ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ދިވެހިރާއްޖެއާއި ޗައިނާދެމެދުގައިވަނީ ވަރަށް ރަނގަޅު ގުޅުމެއްކަމަށާއި މިއީ ދެއުމަށްވެސް ފައިދާވާނެ ގުޅުމެއްކަމަށާއި ޗައިނާއިންވަނީ ދިވެހިރާއްޖޭގައި ސޯޝަލް ހައުސިން ޕްރޮޖެކްޓްތަކާއި އެއާޕޯޓް ޕްރޮޖެކްޓްތަކާއި އަދި ތަރައްްީގެ އެހެނިހެން މަސައްކަތްތަކަށްވެސް އެހީތެރިވެދީފާވާކަށް ޑރ މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއިން ދިވެހި ސަރުކާރަށް ކުރިއަށް އޮތްދުވަސްތަކުގައިވެސް އެހީތެރިވެދެއްވާނެކަމަށެވެ.