އިސްލާމްވެ ޝަހާދަތްކީ ވަޤުތު ހަށިގަނޑަށް ކުރަންޖެހުނު އިޙްޞާޞްތައް ޤުރްއާނުން އޭނާއަށް ފެނުން- އަހުރެމެންނަށް ނުފެންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އިސްލާމްވެ ޝަހާދަތްކީ ވަޤުތު ހަށިގަނޑަށް ކުރަންޖެހުނު އިޙްޞާޞްތައް ޤުރްއާނުން އޭނާއަށް ފެނުން- އަހުރެމެންނަށް ނުފެންނަނީ ކީއްވެ؟

"އަހުރެން އިސްލާމްވުމަށް ޝަހާދަތްކީ ވަޤުތު އަހުރެންގެ މެއަށް ލުއިވެގެންދިއައެވެ. ހީވީ ހަށިގަނޑުގެ އެތެރޭގައި އޮތް ބަރު އެއްޗެއް ނެއްޓި ހަށިގަނޑުން ބޭރުވެގެންދިއަހެންނެވެ. އެހެންވެ ފުންކޮށް މާނޭވާވެސް ލެވުނެވެ. އެއިގެ އަހަރުތަކެއް ފަހުން ޤުރްއާން ކިޔަވަމުން ދިއައިރު މިފަދަ އާޔަތްތައް ފެނުމުން ވިސްނައިލެވުނެވެ. 

"ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިސްލާމް ދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، އީމާން ނުވާ މީހުންގެ މައްޗަށް، ﷲގެ ޢަޛާބާއި ކޯފާ ލައްވަތެވެ." (އަލް އަންޢާމް: 125) 

"އީމާންކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރު ވެގެންވާ މީހާ މެނުވީ، އީމާން ވުމަށްފަހު، ﷲއަށް ކާފިރު ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: މަޖުބޫރު ވެގެންވިޔަސް) ކާފިރުކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް ﷲގެ ޙަޟްރަތުން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ ޢަޛާބު، އެއުރެންނަށްހުށްޓެވެ." (އަންނަޙްލް: 106) 

މިފަދަ އެތައް އާޔަތެއް އެނގުމުން އަހުރެން އިސްލާމްވެ ޝަހާދަތްކީ ވަޤުތު އަހުރެންނަށް އެވީގޮތް ވިސްނުނެވެ. ﷲ ތަޢާލާ އަހުރެންގެ ހިތަށް ލުއިކަން ދެއްވެވީއެވެ. ﷲ ތަޢާލާގެ ކޯފާއިން ސަލާމަތްވެވުނީއެވެ. އިން ޝާ ﷲ" 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފާފަކުރުން ހުއްޓާލާށެވެ! ތައުބާވާށެވެ! ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވާށެވެ! ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ. ހިތުގައި ބުރައަކަށްވެގެން ތިއައުޅޭ ހުރިހާ ކަންކަން ފިލައި ލުއިކަން ލިބޭނެއެވެ. އިން ޝާ ﷲ 

ހިތަށް ލިބޭ ނުތަނަވަސްކަމުން ސަލާމަތްކަން ލިބުން އޮތީ ޝައިޠޯނާ ބުނާ ކަންކަން ކުރުމަކުން ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ކުރުމުންނެވެ. މިއީ ފުރިހަމަ ގޮތުގައި އީމާންވެގެންހުރި އެއްވެސް މީހަކަށް ދެބަސްވެވޭނެ ކަމެއް ނޫނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން