ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރިނަމަވެސް ޝައިޠޯނާގެ ސަބަބުން އެކަން ކުރުން ވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. އެހެންކަމުން މިގެނެސްދެނީ ނަމާދުގައި ޚުޝޫޢަތްތެރިކަން ދެއްވެވުން އެދިގެން ކުރެވިދާނެ ދުޢާއެކެވެ.
ދުނިޔޭގައި ލިބިފައި މިހާ ވަގުތުކޮޅަކީ މަދު ވަގުތުކޮޅެކެވެ. މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކުންކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ވުމާއިކު ކުރާ ކޮންމެ ނަމާދަކީވެސް ތިބާގެ އެންމެ ފަހު ނަމާދަށް ވެދާނެކަމަށް ހީކޮށް ނަމާދުކުރާށެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
((وَاذْكُرِ الْمَوْتَ فِي صَلَاتِكَ فَإِنَّ الرَّجُلَ إِذَا ذَكَرَ المَوْت فِي صَلَاتِهِ لَحَرِيٌّ أَنْ يُحْسِنَ صَلَاتَهُ)
[أخرجه البيهقي في كتاب الزهد الكبير وحسنه الشيخ الألباني]
މާނައީ: "ތިބާ ނަމާދުކުރާއިރު މަރު ހަނދުމަކުރާށެވެ. ފަހެ ހަމަކަށަވަރުން އަޅާ، އޭނާގެ ނަމާދުގައި މަރު ހަނދުމަކުރާނަމަ، އޭނާގެ ނަމާދު ފުރިހަމަކުރުމަށް އަހައްމިތްތަތުކަން ދޭނެއެވެ."
ޚުޝޫޢަތްތެރިކަމަކީ ﷲ ދެއްވާ ނިޢުމަތެކެވެ. އެކަލާނގެ އެކަމުގެ ތައުފީޤު ދެއްވާ އަޅަކަށް މެނުވީ ނުލިބޭނެއެވެ. ވުމާއެކު ޚުޝޫޢަތްތެރިވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ ޙާލު، އެކަމަށް އެދި ދުޢާކުރަންވެސް ޖެހޭނެއެވެ.
ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނު ދުޢާ ކުރައްވާއިރު ވިދާޅުވާ ކަމުގައި ވެއެވެ.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ
((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ)) [رواه الترمذي وصححه الألباني]
މާނައީ: "އޭ ﷲ! ހަމަކަށަވަރުން (އިބަ އިލާހަށް) ބިރުވެތި ނުވާ ހިތަކުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ."
أسأل الله أن يجعلنا من الخاشعين.
- މަސްދަރު: ދި ސަލަފިއްޔާ