ވިސްނަވާށެވެ! ކުކުޅަކީ އެއިގެ އަމިއްލަ ޒާތުގައި އެހައި ވަރުގަދަ އެއްޗެއްވެސް ނޫނެވެ. އެކަމަކު ކެރިގެން ކުރިމަތިލައި އެބަލިކުރަނީ އެތައް ބައިވަރު ހަރުފަތަކެވެ. އެއިގެ ދަރިންތައް (ފިޔޮއްތައް) ހިނދުކޮޅަކަށްވެސް ބަނޑުދޮށަކުން ނުނެރެއެވެ. ހަރުފަތަކަށް ޙަމަލާދެމުން ގެންދިއައީ ދަރިންކޮޅު ބަނޑުދޮށުލައިގެން އިނދެއެވެ.
ކުރިން މި ވީޑިއޯ ގުޅުވައިލީ ދަރިން ހިމާޔަތްކުރުމާއިއެވެ. މިހާރު ގުޅުވާލަން ބޭނުންވަނީ ޣާޒާގެ ޙާލަތާއިއެވެ. މެސެޖްދޭން ބޭނުންވަނީ ބިރުން ފިލައި ތިބި މުސްލިމް ވެރިންނަށެވެ. މިވީޑިއޯ ބަލައިފަ ނަމަވެސް ފިލައި ނުތިބެ ނުކުމެ މުސްލިމް އުންމަތް ސަލާމަތް ކުރަން މަސައްކަތްކުރަންވީ ވަޤުތު އަދިވެސް ނުޖެހެނީހެއްޔެވެ؟
ބުނަން ޖެހެނީ މިކުކުޅުގެ ހުރި ޘާބިތުކަމާ ހިތްވަރު ނެތީ ނޫންހެއްޔެވެ؟ ﷲ ތަޢާލާގެ މަގުގައި ކެރިގެން ކުރިމަތިލުމުން ބައްޔެއް ނުކުރެވޭނެއެވެ. އަދި މިންވަރު ކުރައްވަވާ ގޮތަކުން ކަމެއް މެދުވެރިވިނަމަވެސް އެކަންވެސް ވާނީ ބޮޑު ރަޙްމަތަކަށެވެ. އެވަރުވެސް ހަމަ ނުވިސްނެނީ ހެއްޔެވެ؟
- މިވީޑިއޯއިން އަމިއްލަ ދިރއުޅުމަށް ފައިދާކުރާނެ ވިސްނުން:
ފުރަތަމަ ޢިބްރަތް:
އެންމެ ކުކުޅަކަށްވުރެ އެތައް ބައިވަރު ހަރުފަތަކެއް ބަލިކަށިކުރައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތަކަން!
ދެވަނަ ޢިބްރަތް:
އެކުކުޅުގެ ދަރިން (ފިޔޮއްތައް) ސަލާމަތްކުރަން ކުކުޅު ސާބިތުކަމާއިއެކު ކުރި މަސައްކަތް-
-ކުކުޅު ބޭނުންނަމަ ފިޔޮއްތައް ދޫކޮށްލާފަ އުދުހިފަ ގޮސް ހަރުފަތަކުން ސަލާމަތްވެވޭނެ.
-ރަޙުމާ ކުލުނާ ބުއްދި ދެއްވީމަ ބައެއް މީހުންނަށް ދަރިންނާމެދު ޢަމަލުކުރެވޭ ގޮތް.
ތިންވަނަ ޢިބްރަތް:
- ކެރިގެން ސާބިތުކަމާއިއެކު ކުރިމަތިލުމުން ކާމިޔާބުވާނެކަން
މީކުރިން ލާފަ އިން ލިންކެއް. އެ ލިންކް ފެނަނަންޏާ އެލިންކްވެސް ހަމަ ރަނގަޅުވާނެ!
(ވީޑިއޯކޮޅު ޑައުންލޯޑް ކުރެވޭތޯ ބަލާފަ ޔޫޓިޔުބަށް ލެވުނިއްޔާ ރަނގަޅީ)
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/ostad.noureddine/videos/395471514791530