ބަންގިގޮވާ އަޑު އިވުމުން ނަމާދުނުކުރާނަމަ މާނަ ނޭނގެނީ! ނޫނީ އެމީހާގެ ހިތުގެ މައްޗަށް ޝައިޠޯނާ ބާރުހިންގާފައިވާވަރު ބޮޑީ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަންގިގޮވާ އަޑު އިވުމުން ނަމާދުނުކުރާނަމަ މާނަ ނޭނގެނީ! ނޫނީ އެމީހާގެ ހިތުގެ މައްޗަށް ޝައިޠޯނާ ބާރުހިންގާފައިވާވަރު ބޮޑީ!: މުފްތީ މެންކް

ކޮންމެ ނަމާދަކަށް ގޮވާ އަޑުއިވުމުން ޢިޖާބަ ނުދެވޭނަމަ އެއްގޮތަކީ އެމީހަކަށް ﷲއަކްބަރުގެ މާނަ ނުއެނގެނީއެވެ. ނޫންނަމަ އެމީހަކަށް ﷲ ތަޢާލާ ޤަބޫލުނުކުރެވެނީއެވެ. 

އެހެނީ ﷲއަކްބަރުގެ މާނައަކީ ﷲ ތަޢާލާގެ މަތިވެރިކަން މާބޮޑެވެ. ސުވާލަކީ ކޮން ކަމަކަށްވުރެ ނުވަތަ ކޮންއެއްޗަކަށްވުރެހެއްޔެވެ؟ ޖަވާބަކީ ތިބާ ކުރަން ތިއައުޅޭ ކޮންމެކަމަކަށްވުރެއެވެ. ދުނިޔެއާއި އުޑުތަކުގައިވާ ހުރިހާ އެއްޗަކަށްވުރެއެވެ. ހުރިހާ ކަމަކަށްވުރެންނެވެ. ތިބާ ކުރަންއުޅޭ މަސައްކަތް ނުވަތަ ވިޔަފާރިއަށްވުރެންނެވެ. ތިމާގެ އެކުވެރިންނާއި ޢާއިލާއަށްވުރެވެސް މެއެވެ. އެކުގައި ތިބި ބޮޑުންނަށްވުރެވެސް މެއެވެ. 

ވީމާ އެގޮވައިލެވެނީ ކުރަންހުރި ހުރިހާ ކަމެއް ހުއްޓާލާފައި ނަމާދުކުރުމަށެވެ. ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ދިއުމަށެވެ.

ބުނަން ހެއްޔެވެ؟ ރިވެތި ޜާގަށް (ބަންގިގޮވާ ރާގަށް) ބަންގިގޮވާ އަޑުއިވުމުން މުސްލިމުންނަށް އަސަރުކުރާނެއެވެ. އަދިކީއްހެއްޔެވެ؟ މުސްލިމުން ނޫން މީހުންނަށްވެސް އަސަރުކުރެއެވެ. އެމީހުންނަށް އެކުރާ އަސަރު އެމީހުންނަށް ދޭ މެސެޖް ނުއެނގެނީއެވެ. ނަމަވެސް މުސްލިމުންނަށް މެސެޖް ލިބޭނެއެވެ. މެސެޖް ލިބުމުން ބަލައި ނުގަނެވެނީ އެމީހެއްގެ ހިތުގެ މައްޗަށް ޝައިޠޯނާ ބާރު ހިންގާފައިވާވަރު ބޮޑުވަނީއެވެ. 

ވީމާ ބަންގިއަށް ޢިޖާބަދީ ނަމާދުނުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ޝައިޠޯނާގެ ކަސްތޮޅުގައެވެ. އަވަހަށް ސަލާމަތްވެ ނަމާދުކުރާށެވެ! ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ، ކިޔަމަންތެރިއަކުކަން ޢަމަލުން ދެއްކުމަކީ އެއީއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން