ދުވަސް ކާމިޔާބުކުރަން ޢަމަލުކުރަންޖެހޭ ގޮތް ކަމަށް ދުނިޔޭގެ ހުރިހާ ވިސްނުންތެރިން އެއްބަސްވާ ގޮތާ އިސްލާމް ދީން ބުނާގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދުވަސް ކާމިޔާބުކުރަން ޢަމަލުކުރަންޖެހޭ ގޮތް ކަމަށް ދުނިޔޭގެ ހުރިހާ ވިސްނުންތެރިން އެއްބަސްވާ ގޮތާ އިސްލާމް ދީން ބުނާގޮތް-

ފުރަތަމަ މިބުނަނީ ދުނިޔޭގެ ހުރިހާ ވިސްނުންތެރިން އެއްބަސްވާ ގޮތެވެ. "ދުވަހަކީ ކާމިޔާބު ދުވަހަކަށް ހަދަން އެދޭނަމަ އަވަހަށް ހޭލާށެވެ. އިރުއެރުމުގެ ކުރިން ޙަރަކާތްތެރިވާން ފަށާށެވެ. ކޮންމެވެސް ކަސްރަތެއްކުރާށެވެ. އެއިރުން ސިކުނޑިތާޒާވެ ހެޔޮ ވިސްނުން ވިސްނަން ފުރުޞަތު ލިބިގެންދާނެއެވެ. އަދި މުޅި ދުވަހުވެސް ކަންނެތްވެފައި ނުހުންނާށެވެ! ޙަރަކާތްތެރިވާށެވެ. ކާމިޔާބީ ގުޅިފައިވަނީ ޙަރަކާތްތެރިވުމާއިއެވެ."  

އިސްލާމް ދީން މިކަންކަން ބަޔާންކޮށްފައިވަނީ މީގެ 1450 އަހަރުކުރިންނެވެ. ތަފާތީ ޢިބާރާތެވެ. އެންމެ ހެޔޮ ގޮތުގައި ދުވަސް ފަށަނަ ބޭނުންވާނަމަ އެންމެ ކުޑަމިނުން ފަތިސްވުމުގެ ކުޑައިރުކޮޅެއް ކުރިން ހޭލައި ރޭއަޅުކަންކޮށްލާށެވެ. އެއަށްފަހު ފަތިސްވުމުން ފަތިސްނަމާދުކޮށްލާށެވެ. ޛިކުރުތައް ކުރާށެވެ. ވަޤުތު ބޭކާރުނުކޮށް ފައިދާހުރި މަސައްކަތެއް ކުރަންފަށާށެވެ. އެމީހަކު ކުރާ މަސައްކަތަކާއިގެން ކުރިއަށްދާށެވެ."  

ދެން އޮތީ ކަންނެތްވެގެން ނުހުރެ މުޅި ދުވަހު ހަރަކާތްތެރިވުމުގެ ވާހަކައެވެ. ދިރިއުޅެން ކުރާ މަސައްކަތުގެ އިތުރުން ކޮންމެ މުސްލިމަކު ކޮންމެ ދުވަހަކު 5 ނަމާދުކުރަންޖެހެއެވެ. އެކަން ކުރެވޭނީ ހީވާގިވެގެންނެވެ. އެންމެ ފަހު ނަމާދަކީ ޢިޝާ ނަމާދެވެ. ޢިޝާ ނަމާދަށްފަހު އޮތީ ކޮންމެހެން ހޭލައި ހުރެގެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ހޭލައި ނުހުރެ އަވަހަށް ނިދުމެވެ. ދެން އޮތީ ކުރިން ބުނި ފަދައިން ރޭއަޅުކަމަށް ހޭލަން މަސައްކަތްކުރުމެވެ. 

މިކަމުންވެސް އެނގިގެންދަނީ އިސްލާމް ދީނުގައިވާ ކޮންމެ ކަމެއްގައިވެސް ބަޔާންވެގެންވަނީ މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތްކަމެވެ. އިސްލާމް ދީން ޤަބޫލުނުކުރާ މީހުންނަށްވެސް އެކަންކަން ޤަބޫލުކުރެވޭ ކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން